ޓްރާންސްފާ މާކެޓް

ބަޔާން ދޫކޮށްލާ ވާހަކައެއް ނުބުނަން: ތިއާގޯ

ބަޔާން މިޔުނިކް ދޫކޮށްލާ ވާހަކަ އޭނާ ނުބުނަ ކަމަށް ބަޔާންގެ މިޑްފީލްޑާ ތިއާގޯ އަލްކަންޓާރާ ބުނެފި އެވެ.

މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑްގައި، ބަޔާން ދޫކޮށް ޕްރިމިއާ ލީގަށް ތިއާގޯ ބަދަލު ވާނެ ކަމުގެ އަޑުތައް ވަނީ ގަދަ ވެފަ އެވެ. އޭނާގެ ސޮއި ހޯދަން މަސައްކަތް ކުރަނީ ލިވަޕޫލެވެ. ޓްރާންސްފާގެ ޚަބަރުތައް ބުނާ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑުންވެސް މިހާރު ވަނީ ތިއާގޯ ގެންދިއުގެ ރޭހަށް ވަދެފަ އެވެ.

ޔޫއެފާ ނޭޝަން ލީގްގައި މިރޭ، ޔޫކްރޭން އާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ތިއާބޯ ބުނީ ބަޔާންގައި ދެމިހުރުމުގެ ފުރުސަތު އަދިވެސް ބަންދު ނުވާ ކަމަށެވެ.

"އަހަރެން ނުބުނަން އަހަރެން ބަޔާން ދޫކޮށްލަނީ އެކޭ،" ތިއާގޯ ބުންޏެވެ. "އަހަރެންގެ ކުރިމަގު އޮތީ މާދަމާ [މިރޭ] ގެ މެޗުގައި، އެހެންއެއްވެސް ކަމަކާ އަހަރެން ނުވިސްނަން."

ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕްގެ ޝައުގުވެރިކަން ތިއާގޯ އާއމެދު އެބަ އޮތެވެ. ކްލޮޕް ދާދި ފަހުން ބުނެފައި ވަނީ ޓީމަށް މިޑްފީލްޑަރެއް ގެނައުމަށް މަސައްކަތް ކުރަމުން ދާ ކަމަށާއި އެހެންނަމަވެސް އޭގެ ކުރިން ޓީމުގައި ހުރި މިޑްފީލްޑަރުންގެ ތެރެއިން މިޑްފީލްޑަރެއް ދޫކޮށްލަން ޖެހޭ ކަމަށެވެ. ޖޯޖީނިއޯ ވައިނަލްޑަން ބާސާ އަށް ދޫކޮށްލުމަށް ޓްރާންސްފާގެ ވާހަކަތައް ކުރިއަށް ދަ ކަމަށްވެސް އޭރު ކްލޮޕް ބުނެފައި ވެއެވެ.