ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގަލްފް ފުޑް އެކްސްޕޯއަށް ދިއަ މީހުން ހޯދަނީ

Apr 27, 2020
2

މިދިޔަ ފެބްރުއަރީ މަހު ދުބާއީގައި ބޭއްވުނު ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި މީހުން ހެލްތު ޕްރޮޓެކްސްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓުކުރަން އެދިއްޖެ އެވެ.

އެންއީއޯސީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިދިއަ ފެބްރުއަރީ މަހުގެ 16 އިން 20 އަށް އެ އެކްސްޕޯގައި ބައިވެރިވި މީހުން އެޗްޕީއޭއަށް ރިޕޯޓުކުރަން އެދޭ ކަމަށެވެ.

"އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން އެނބުރި ރާއްޖެއަށް އައި މީހުންގެ މައުލޫމާތު އެއްކުރަން ބޭނުންވޭ. އެއީ ކޮންމެހެން މިހާރު ހިންގަމުންދާ ކޭސްތަކާ ގުޅުމެއް ނެތަސް، މި ކޭސްތަކަކީ އޭގައި އެހެން ކޭސްތަކާ ކޮންމެވެސް ވަރަކަށް ތަފާތު ހުރި ކޭސްތަކެއްކަން ފާހަގަކުރެވިގެން އެކަން އިތުރަށް ބަލަންވެގެން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭރު އެނބުރި އައި މީހުންގެ ކިބާގައި މިހާރު އެބަލީގެ ނެތްނަމަވެސް، އެތަނަށް ދިއަ މީހުނަށް އެ ބަލި ޖެހިފައިވުމުގެ ފުރުސަތު އޮތްކަމަށް ބެލެވޭތީ ކަމަށެވެ.

އަދި އެތަނަށް ދިއަ މީހުންގެ ކިބާގައި އެ ބަލީގެ ތަފާތުތަކެއް ފާހަގަވެފައިވާތީ އެކަން އިތުރަށް ބަލައިލަން ބޭނުންވާތީކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

ނަމަވެސް، އެގޮތަށް ރިޕޯޓުކުރާ ފަރާތްތައް އެކަހެރިކުރަން ނުޖެހެނޭކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ.