ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް އުޅޭތޯ ބަލަން އަތޮޅުތަކުގައި މަސައްކަތްތަކެއް

އަތޮޅުތަކުގެ ތެރެއިން ކޮވިޑް-19 އިގެ ބަލިމީހުން ދެނެގަތުމާއި އެ ބަލި އުޅޭތޯ ބެލުމުގެ ނިޒާމް ގާއިމު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި އާންމު ކޮށްފި އެވެ.

އެޗްޕީއޭއިން ރޭ އާންމު ކޮށްފައިވާ އެ އުސޫލުގައި އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރި މީހަކު ފެނިއްޖެނަމަ ހުރިހާ ރީޖަނަލް ހޮސްޕިޓަލަަކާއި އަތޮޅު ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒުތަކުން އަމަލު ކުރާނެ ގޮތްތައް ވެސް ބަޔާން ކޮށްފައި ވެއެވެ.

އަދި މާލެ އޭރިއާއިން އަތޮޅުތަކަށް ދިޔަ މީހެއް ނުވަތަ ރިސޯޓަކުން ރަށަކަށް ދިޔަ ފަރާތެއް ނޫނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުން އުޅޭ އެއްވެސް ރަށަކުން ދާ މީހެއްނަމަ އެ މީހަކު އެރަށަކަށް ދިޔަތާ 14 ދުވަހުގެ ތެރޭގައި އަރިދަފުސް ރޯގާގެ ޢަލާމާތްތައް ފެނިއްޖެނަމަ ޓެސްޓްގެ ނަތީޖާ ލިބެންދެން ގޭގައި ކަރަންޓީން ކުރަން އަންގާފައި ވެއެވެ.

ކޮވިޑް-19 އިގެ އަލާމާތްތައް ހުންނަ ހުރިހާ މީހުން އެޑްމިޓް ކުރަން ޖެހޭ ވަރަށް ބަލި ނޫންނަމަ ގޭގައި ނުވަތަ އެކަމަށް އެރަށުގައި ކަނޑައަޅާފައިވާ ތަނެއްގައި އެކަހެރި ކުރަން ޖެހެ އެވެ.

މީގެ އިތުރުން އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެނަމަ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދެވެންދެން ރަށުގައި ކަނޑައެޅިފައިވާ ތަނެއްގައި އައިސޮލޭޓް ކޮށްފައި ބެހެއްޓުމަށާއި ޕޮޒިޓިވްވި މީހާ ދިރިއުޅޭގެ ކޮންޓެކްޓް ޓްރޭސިން ހަދާ ނިމެންދެން މޮނިޓަރިންގައި ބެހެެއްޓުމަށާ މޮނިޓަރިން ކަނޑައަޅާ ލިޔުން ދޫކުރާނީ އެންއީއޯސީގެ ލީގަލް ކްލަސްޓާއިން ކަމަށްވެސް އެ އުސޫލުގައި ބުނެ އެވެ.

އަދި ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، އެ ރަށެއްގައި ކަށަވަރުކުރަން ޖެހޭ އާންމު މިންގަނޑުތަކާއި، ބަލީގެ އަލާމާތް ނުފެންނަ ފަރާތްތަކުގެ ތެރެއިން ކަނޑައެޅޭ ފަރާތްތަކެއްގެ ސާމްޕަލް ނަގާ ޓެސްޓް ކުރަން ވެސް އަންގާފައި ވެއެވެ.

ސާމްޕަލް ނަގަންޖެހޭ މީހުން

  • ރަށުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ކޮންމެ 10 މީހަކުން އެކަކު
  • ގިނަ މީހުންނާއި ބައްދަލުވާ ފަރާތްތައް
  • ފިހާރަތަކުގައި މަސައްކަތް ކުރާ ކޮންމެ 10 މީހުން ކުރެ އެކަކު
  • ފެރީ ތަކުގައި މަސައްކަތް ކުރާ ކޮންމެ 10 މީހުން ކުރެ އެކަކު
  • ހޮޓާ، ރެސްޓޯރެންޓް ތަކުގައި މަސައްކަތްކުރާ ކޮންމެ 10 މީހުންކުރެ އެކަކު
  • އެ ރަށެއްގައި މަސައްކަތްކުރާ ސިއްހީ ފަންނީ ހިދުމަތްތެރިންގެ 1 ޕަސެންޓް މީހުން

ރަށުގައި އުޅޭ ބިދޭސީންގެ ލިސްޓެއް ނެގުމާއި ބިދޭސީން ތެރޭގައި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތައް ދެނެގަތުމަށް އެމީހުން އުޅޭ ހިސާބަށް ދިއުމާއި، ރޯގާގެ އަލާމާތްތައް ހުރި ބިދޭސީން ރަށުތެރެއިން ގިނަ އަދަދަކަށް ފެނިއްޖެނަމަ، އެޗްޕީއޭއަށް ރިޕޯޓް ކުރުމަށް ވެސް މި އުސޫލުގައި ވެއެވެ.