ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކަރަންސީ ސްވޮޕް އެއްބަސްވުން އެކްޓިވޭޓްކޮށް 150 މިލިއަން ޑޮލަރު ދެނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ -- ފޮޓޯ : އަހްމަދު އަޔާދު | އަވަސް
100%
0%
0%

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ދިމާވާނެ އިގްތިސާދީ އަދި މާލީ ގެއްލުންތަކުން ސަލާމަތްވުމުގެ އެހީއެއްގެ ގޮތުން އިންޑިއާ އާއި ރާއްޖެއާ ދެމުދު ވެފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ނުވަތަ ފައިސާ ބަދަލު ކުރުމުގެ އެއްބަސްވުން އެކްޓިވޭޓްކޮށް 150 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދޫކުރަން ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ މިދިޔަ އަހަރުގެ ޖޫން މަހު ސޮއިކުރެވުނު އެ އެއްބަސްވުން އެކްޓިވޭޓްކޮށް އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެމްއެމްއޭއަށް 150 މިލިއަން ޑޮލަރުގެ ފެސލިޓީއަށް ހަވާލު ކުރެވޭނެ ކަމަށެވެ. އެ އެއްބަސްވުމަކީ ޖުމުލަ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ އެއްބަސްވުމެކެވެ.

އެ އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ރާއްޖެއަށް ދޫކުރަން އިންޑިއާއިން ނިންމާފައި މި ވަނީ، އިންޑިއާއިން ރާއްޖެއަށް ދެވިދާނެ އެހީތަކާ ގުޅޭ ގޮތުން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޝްވަރާ ކުރެއްވިތާ ހަފުތާއެއްގެ ތެރޭގަ އެވެ.

އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ކަރެންސީ ސްވޮޕް ފެލިސިޓީގެ މުއްދަތު އިތުރު އެއް އަހަރަށް އިތުރު ކުރުމާ މެދު ދެ ގައުމުގެ ސަރުކާރާ ދެމެދު ދަނީ މަޝްވަރާ ކުރެވެމުންނެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިންޑިއާއިން މިފަދަ ފެސިލިޓީއެއް ދޫކޮށްފައި ވަނީ ރާއްޖެއާއި ބޫޓާނަށް އެކަންޏެވެ.

އިންޑިއާއާއެކު ރާއްޖޭން ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރެންސީ ސޮވޮޕްގެ އެއްބަސްވުމަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ސޯލިހް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއި ކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖްގެ ބައެއް ކަމަށް އިންޑިއާ އިން ބުންޏެވެ.

އިންޑިއާގެ އެ އިގްތިސާދީ ޕެކޭޖްގެ ދަށުން މިހާތަނަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 50 މިލިއަން ޑޮލަރުގެ އެހީއެއް މިދިޔަ އަހަރު ރާއްޖެއަށް ދީފައިވެ އެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން އެމްއެމްއޭއަށް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބޭންކްގެ ސަބްސްކްރިޕްޝަނެއް ވެސް މިދިޔަ އަހަރު ދީފައިވެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަހްމަދު

ތިނޫން ވަރެއް ނުވާނެ. އަބަދު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެވެސް ލާރި ނަގާހާ. ވާ ކަމެއް ހަރާން

އައްޔު

ކޮބާތަ އިންޓަރެސްޓް ރޭޓަކީ ކޮބައިތަ ރާއްޖެއަށް ލިބޭނެ ފައިދާއަކީ ކޮބައިތަ އިންޑިއާއަށް ލިބޭނެ ފައިދާއަކީ މީނޫންތޯ ނޫސްވެރިކަމަކީ އާޓިކަލް ފުރިހަމަވާނީ އޭރުންދޯ؟

ފަރުދީ

ރަގަޅޭ ގޯހެއްނެތް..ރާއްޖެއަށް 150މިލިޔަން ޑޮރުގެ ލޯނު އެހީ ދިނުމައްޓަ ކާ އިންޑިޔާއިން ޗައިނާއިންނަގާނީ 1000މިލިޔަން ޑޮލަރު.. ކުޑަ އިންޓްރަސްޓްރޭޓުގަ....ދެން ރާއްޖެއަށް އޭގެން 150މިލިޔަން ދޭނީ ބޮޑު އިންޓްރެސްޓްގަ...ރަގަޅެނޫންތަ ފައިދާހުރި ވިޔަފާރިއެއް.... ވިލިމާލެ ބްރިޖްއެޅުމަށް އިިންޑިޔާ ކުންފުންޏަ ކަށް ދިނުމުން ސާވޭ ކުރަންދިނީ އިންޑިޔާއިން ދިނީ އެހެންބަޔަ ކަށް..ބްރިޖްއަޅަން މަސައް ކަތް ފަށަންވީމަ އިންޑިޔާއިންދޭނީ ޗައިނާއަށް..ހަރަދު ކުޑަ ކޮށް ބްރިޖްއަޅަން މިގޮތަށް ޕްރޮޖެ ކްޓްތައް އެ ކުލަވާލުމަ ކީ ހި ކުމަތްތެރި ކަން..ސާބަހޭ އިބުރާހިމް ރައީސް..

December
SunMonTueWedThuFriSat
123456789101112131415161718192021222324252627282930311234567891011