ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާއަށް ދާން ފްލައިޓެއް ތާވަލުކޮށްފެއް ނެތް: ހައި ކޮމިޝަން

Apr 6, 2020
2

އިންޑިއާ މި ވަގުތު އޮތީ ލޮކްޑައުނެއްގައި ކަމަށާއި ރާއްޖޭން އިންޑިއާއަށް ޗާޓަރު ފްލައިޓްތަކެއްގެ ދަތުރު ޝެޑިއުލް ކޮށްފައި ނެތް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ރޭ ބުނެފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން އިން ބުނީ އެ ކޮމިޝަނަށް އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރާ ފްލައިޓްތަކާއި އަދި ރާއްޖޭން ޗާޓަރު ކޮށްގެން އިންޑިއާއަށް ދާ ފްލައިޓްތަކާ ގުޅޭ ގޮތުން ގިނަ އަދަދެއްގެ މެއިލް އާއި ޓެލެފޯން ކޯލްތައް ލިބެމުންދާ ކަމަށެވެ.

މި ވަގުތު އިންޑިއާ އޮތީ އެ ގައުމަށް އަރައި ފޭބުން މަނާކޮށް ލޮކްޑައުންގައި ކަމަށާއި އެހެން ކަމުން އެއްވެސް ޑޮމެސްޓިކް ފްލައިޓެއް އަދި ބޭރުގެ ފްލައިޓެއްގެ ދަތުރެއް ވެސް އެ ގައުމަށް ދަތުރު ކުރާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ. އެ ގޮތުން ރާއްޖޭން އިންޑިއާއަށް ދާ ގޮތަށް އެއްވެސް ޗާޓަރު ފްލައިޓެއް ޝެޑިއުލް ކޮށްފައި ނެތް ކަމަށް ބުންޏެވެ.

އިންޑިއާގެ ކޮމާޝަލް އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ގޯއެއާ އާއި، އެއާއިންޑިއާ އާއި، އިންޑިގޯގެ ފްލައިޓްތައް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅުގައި ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން އިތުރަށް ބުނީ ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުން އަނބުރާ އެ ގައުމަށް ދިއުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އިންޑިއާގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި ރާއްޖޭގައި އުޅޭ އިންޑިއާ މީހުނަށް އޭގެ މައުލޫމާތުތައް ހިއްސާ ކުރެވެމުންދާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިންޑިއާ ލޮކްޑައުން ކޮށްފައިވާއިރު، ރާއްޖެއަށް ވެސް ޓޫރިސްޓުން އައުން ވަނީ މަނާކޮށްފަ އެވެ.