ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އުތުރާއި ދެކުނުގައި ކަރަންޓީން ފެސިލީޓީ ގާއިމްކުރަނީ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި އަލާމާތް ފެނިގެން ކަރަންޓީން ކުރާ މީހުންނަށް ހާއްސަކޮށްގެން އުތުރާއި ދެކުނުގައި ކަރަންޓީން ފެސިލީޓީތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އުތުރާއި ދެކުނުގައި ކަރަންޓީން ފެސިލީޓީތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ އެތަންތަން މިރެއާ މާދަމާ ބޭނުންކުރަން ފެށޭނެ ކަމަށެވެ.

ކަރަންޓީން ފެސިލިޓީއަށް ބަދަލުކުރަނީ އުތުރާ ދެކުނުން ދެ ރިސޯޓެކެވެ. އެއީ ހއ ގައި ހިންގާ ހައިޑަވޭ އައިލެންޑް ރިސޯޓްގެ އިތުރުން އައްޑޫ ސިޓީ ހެެރެތެރެ ރިސޯޓެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި އަލާމާތް ފެނިގެން ކަރަންޓީން ކުރާ މީހުންނަށް ހާއްސަކޮށްގެން އުތުރާއި ދެކުނުގައި ކަރަންޓީން ފެސިލީޓީ ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިމިވަނީ އަތޮޅުތެރެއިން ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވަމުންދާތީ އެވެ.

އެގޮތުން އުތުރުގެ ބައެއް ރަށްތަކުން މީހުން ޕޮޒިޓިވްވެފައިވެއެވެ. އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ ށ. ނަރުދޫއިންނެވެ. އެ ރަށުގެ އަމާޒު ބޯޓްގެ ކެޕްޓަން ބައްޔަށް ޕޮޒިޓިވްވެ ކެޕްޓަންގެ އާއިލާގެ ގިނަ ބަޔަކުވެސް މިހާރު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ހއ. އުލިގަމުން މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.