ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެ އަލުން ހުޅުވާލުން

ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވާލަން ނިންމައިފި

ކޮވިޑް-19 އާ ގުޅިގެން ދެ މަސް ވަންދެން ބަންދު ކޮށްފައި އޮތް، ރާއްޖޭގެ ބޯޑަރު އަންނަ މަހު 15 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި އެވެ.

ގައުމާ މުހާތަބު ކުރައްވާ ރައީސް ސޯލިހު މިއަދު ވިދާޅުވީ އެ ދުވަހު ރާއްޖެ ހުޅުވާލުމާއެކު ރާއްޖޭގެ ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ވެސް ދެއްވާނެ ކަަމަށެވެ.

"އަންނަ އޮގަސްޓް މަހު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ލިބޭނެ. ބޯޑަރު ހުޅުވާލާއިރު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ރާއްޖެއަކީ ދަތުރުކުރުމަށް ރައްޔާތެރި ގައުމެއްކަން ދުބާއީ އާދި ޖަރުމަނުން ކަނޑައެޅުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެ ހުޅުވާލަން އަންނަ އިތުރު ލުއިތަކެއް ދޭއިރު، ކޮވިޑް ބައްޔަށް ޓެސްޓް ކުރެވޭނެ ވަސީލަތާއި އެހެނިހެން ފަރުވާ ދެވޭނެ ވަސީލަތް ގާއިމް ކުރެވިފައިވާ ކަމަށެވެ

ރާއްޖޭގެ ބޯޑަރު ދެ މަހެއްހާ ދުވަހަށްފަހު ހުޅުވާލަން ނިންމިއިރު، ބޭރުން އަންނަ ޓޫރިސްޓުނަށް ހިދުމަތް ދޭން ތައްޔާރަށް އޮތް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް އިން ބުނެފަ އެވެ. މަޖިލީހުގެ އެސްއީއޯ ކޮމެޓީގައި ވާހަކަ ދައްކަވަމުން، އެމްއޭސީއެލްގެ އެކްޓިން އެމްޑީ މޫސާ ސޯލިހު ވިދާޅުވި ގޮތުގައި ހުޅުވުމާއެކު، އިންޓަނޭޝަނަލް 10 ފްލައިޓެއް ޖައްސަން ޝައުގުވެރިކަން ފާޅުކޮށް، ޖާގަ އަށް އެދިފައިވާ ކަމަށެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ޖުލައި މަހު ޓޫރިޒަމް ހުޅުވާލައި މި އަހަރު 980،000 ޓޫރިސްޓުން ގެނެވޭނެ އެވެ.

ޓޫރިޒަމް ހުޅުވާލި ނަމަވެސް ރާއްޖެ އަށް ލިބޭ އާމްދަނީ ދެ ދެބައިކުޅަ އެއްބައި ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ފިނޭންސުން ބުނެފައިވާ ގޮތުގައި މި އަހަރު ޓޫރިޒަމް 50 ޕަސެންޓް ދަށްވެ، ދައުލަތަށް އާމްދަނީގެ ގޮތުގައި ކުރިން އަންދާޒާކުރި 30 ބިލިއަން ރުފިޔާގެ ބަދަލުގައި ލިބޭނީ 15 ބިލިއަން ރުފިޔާ އެވެ.