ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދަނގެތިން މަރުވި ދުވަސްވީ މީހެއްގެ ސާމްޕަލް ޓެސްޓްކުރަނީ

އދ. ދަނގެތީގައި މިއަދު މަރުވި އުމުރުން ދުވަސްވީ މީހެއްގެ ސާމްޕަލް ނަގާ ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންއީއޯސީއިން ބުނެފި އެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދަނގެތިން މިއަދު މަރުވީ އުމުރުން 79 އަހަރުގެ މީހެއް ކަމަށެވެ. އޭނާގެ އާއިލާ މީހުންނަށް ފެނުނު އިރު އޮތީ މަރުވެފައި ކަމަށާ ކޮވިޑަށް ޓެސްޓް ކުރަނީ އެހެން ވެގެން ކަމަށެވެ.

އޭނާގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ދަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކަމަށް އަފްޒަލް ވިދާޅުވިއެވެ. އެޗްޕީއޭއިން ކަނޑައަޅާފައިވަނީ ކޮވިޑްގައި މަރުވާ މީހުން ނުވަތަ ކޮވިޑަށް ޝައްކު ކުރެވޭ މީހުން ފެނުން ހިނެވުމުގެ ބަދަލުގައި ތައްޔަންމަމު ކުރުމަށެވެ.

އަފްޒަލް ވިދާޅުވީ އެ މީހާގެ ސާމްޕަލްގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށެވެ.

މީގެ އިތުރުން މިއަދު އައިޖީއެމް ހޮސްޕިޓަލަށްވެސް މަރުވެފައި އޮތް ދުވަސްވީ މީހަކު ވަނީ ގެނެސްފައެވެ. އެއީވެސް 79 އަހަރުގެ މީހެކެވެ. އެމީހާގެ ސާމްޕަލް ނަގާ ޓެސްޓްކޮށްފައިވާ ކަމަށާ ނަތީޖާ ނެގެޓިވް ކަމަށް އަފްޒަލް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އެޗްޕީއޭއިން ވަނީ މަރުވި ތިން މީހެއްގެ ސާމްޕަލް ނަގާފައެވެ. އަދި ސާމްޕަލް ނެގިފަހުން ނަތީޖާ ލިބުމުގެ ކުރިން އެކަކު ވަނީ މަރުވެފައެވެ. އެމީހާ މަރުވި ފަހުން ލިބުނު ނަތީޖާ ވަނީ ޕޮޒިޓިވްވެފައެވެ. އެހެން ކަމުން އެ އަންހެން މީހާ ވެފައިވަނީ ކޮވިޑްގައި ރާއްޖެއިން މަރުވި ފުރަތަމަ މީހާއަށެވެ.