ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރިސޯޓު އޯނަރުންނާ އިންވެސްޓަރުންނަށް ރާއްޖެ އައުމުގެ ހުއްދަ

ރިސޯޓް އޯނަރުންނާއި އިންވެސްޓަރުންނަށް އަދި އެނޫންވެސް ކަނޑައެޅޭ ހާއްސަ ބަޔަކަށް ރާއްޖެ އައުމުގެ ހުއްދަ ދިނުމަށް ނިންމައިިފި އެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ވިދާޅުވީ ޓެގްގެ ނިންމުމެއް މިއަދު ލިބިފައިވާ ކަމަށެވެ. އެގޮތުން ސުޕެޝަލް ވިސާ ޕާމިޓްގެ ދަށުން ރާއްޖެއަށް އަންނަން ވަކި ބަޔަކަށް ހުއްދަދޭން ނިންމާފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

"..ޓެގްގެ ނިންމުމެއް އަޅުގަނޑުމެންނަށް މިއަދު ވަނީ ލިބިފައި. މިކަން ކުރައްވާފައިމިވަނީ ރާއްޖެއަށް އޮން-އެރައިވަލް ވިސާ ލިބުން ހުއްޓާލެވިފައިވާތީ، ސުޕެޝަލް ވިސާ ޕާމިޓްގެ ދަށުން ރާއްޖެ އަންނަ ފަރާތްތައް. މީގެ ތެރޭގައި މި ހިމެނެނީ ރިސޯޓް އޯނަރުން، އިންވެސްޓަރުން، ޑަބްލިއުއެޗްއޯ، ވޯލްޑްބެންކް މިފަދަ ތަންތަނުގެ ބޭފުޅުން ރާއްޖެ އަންނައިރުގައި ކަންކުރަންވާ ގޮތް. އަދި ޑިޕްލޮމެޓިކް ސާވިސްގެ ދަށުން އަންނަ ފަރާތްތައްވެސް ކަންކުރަންވާގޮތް މީގައި ކިޔާދީފައި އެބައޮތް."

މަބުރޫކް ވިދާޅުވީ ސުޕެޝަލް ވިސާ ޕާމިޓްގެ ދަށުން ރާއްޖެ އަންނަ ބޭފުޅުންވެސް ރާއްޖެ އަންނަތާ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓް ހަދަންޖެހޭނެ ކަމަށެވެ. އަދި 14 ދުވަސް ފަހުން ދެވަނަ ޓެސްޓެއް ހަދަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން އެ ބޭފުޅުން ތިއްބަވާ ތަނެއްގައި ހިދުމަތް ދިނުމަށް ވަކި ބަޔަކު ތިބެން ޝަރުތުކުރާ ކަމަށެވެ. މީގެ އިތުރުން ހިދުމަތުގައި ތިބޭ މީހުންނަށްވެސް ރަށުން ފާބައިގެން ދެވޭނީ މިހާރު އަމަލުކުރަމުންދާ މިންގަނޑުން 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ.

"..އަދި މީގައި ފާހަގަކޮށްފައި އޮވޭ ރިސޯޓްތަކުގެ އޯނަރުންނާއި ރިސޯޓްތަކުގެ އިންވެސްޓަރުން ރާއްޖެ ވަޑައިގަންނަވާއިރުގައި އެ ބޭފުޅުންނަށް އެ ބޭފުޅުންގެ އަމިއްލަ ރިސޯޓްގައި ތިބެވޭނެ އިންތިޒާމް ރޭވޭކަމުގައި ވަންޏާމު އެކަމަށް ފުރުސަތު ދިނުމަށް."

ރާއްޖޭން އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލާފައިވަނީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.