ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުރިއެރުން ލިބުނަސް ހާސިލް ކުރަންޖެހޭ ކަންކަން ގިނަ: އިމްރާން

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާގައި ހޯދިފައިވާ ކުރިއެރުންތަކާއެކު ވެސް އަދި އިތުރަށް ހާސިލު ކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ދުނިޔޭގައި މިއަދު ފާހަގަ ކުރާ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް ތަހުނިޔާ ވިދާޅުވެ އާންމު ކުރެއްވި ހިތޯބެއްގަ އެވެ.

މި ހިތޯބުގައި އިމްރާން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާގައި ހޯދިފައިވާ ކުރިއެރުންތަކާއެކު ވެސް އަދި އިތުރަށް ހާސިލު ކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށާއި އެގޮތުން ނޫސްވެރިކަމުގެ ތަފާތު ފަންނުތައް ކުރިއެރުވުމާއި އެ ފަންނުތަކުން މީހުން ބިނާ ކުރުމަކީ ކުރަންޖެހޭ މުހިންމު ބައެއް ކަންކަން ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުވެފައި އޮތުން ކަމަށާއި މިނިވަން ޑިމޮކްރެޓިކް ވެރިކަމެއް ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުން ކަމަށް ވެސް އިމްރާން ވިދާޅުވެފައި ވެއެވެ.

"... ގާނޫނީ ގޮތުންނާއި، ނިޒާމީގޮތުންނާއި، އަދި އެނޫންވެސް ތަފާތު ބިރުވެރިކަން އުފައްދައިގެން މިނިވަން ނޫސްވެރިކަމަށް ކުރިމަތިކޮށްފައިހުރި ގޮންޖެހުންތައް ނައްތާލުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް ގައި މިއަހަރު ރާއްޖެ ހޯދާފައިވާ 19 ދަރަޖައިގެ ކުރިއެރުމާއެކު، ޖުމުލަ 41 ދަރަޖައިގެ ކުރިއެރުން އަޅުގަނޑުމެންނަށް ހޯދިފައިވާކަން އުފަލާއެކު އަޅުގަނޑު ފާހަގަކުރަމެވެ." އިމްރާނުގެ ހިތޯބުގައި ވެ އެވެ.