ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިނާ ގުޅޭ ދޮގު މައުލޫމާތު ނުފެތުރުމަށް އަންގައިފި

ކޮވިޑް-19ގެ ވެކްސިނާ ގުޅިގެން ދޮގު ހަބަރު ނުފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދިވެހި މީޑިއާތަކަށް އަންގައިފި އެވެ.

އެމްއެމްސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް ވެކްސިނާ ގުޅޭ ހަބަރާ މައުލޫމާތު ފެތުރުމުގައި ބައެއް މީޑިއާތަކުން ވެކްސިނުގެ ރައްކާތެރިކަމާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދި އިތުބާރު ގެއްލޭފަދަ ގޮތްގޮތަށް ކަބަރާއި މައުލޫމާތު ފޯރުކޮށްދެމުން އަންނަ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.

ކޮވިޑް ވެކްސިންގެ މައުލޫމާތުތައް ގެނެސްދޭއިރު އޭގެ ސައްހަކަން، ކަމާ ބެހޭ އިދާރާތަކުން ކަށަވަރުކުރުމަށާއި، ވެކްސިންތަކާ ގުޅޭ މައުލޫމާތުތަކަކީ ބައިނަލްއަގަވާމީ މަސްދަރުތަކާއި ހަވާލާދީފައިވާ މައުލޫމާތުކަން ކަށަވަރުކުރުމަކީ ނޫސްވެރިންގެ ޒިންމާއެއް ކަމަށްވެސް އެކައުންސިލޔުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ކޮވިޑް ވެކްސިނާމެދު އާމުން ހޭލުންތެރިކުރުމާއި ސައްހަ މައުލޫމާތުތައް ބައެއް މީޑިއާތަކުން ގެނެސްދޭކަން ފާހަގަކޮށް، މިފަދަ ކޮންޓެންޓްތައް މިހާރަށްވުރެ ގިނައިން ގެނެސްދިނުމަކީ ކައުންސިލުން ބާރުއަޅާ ކަމެއް ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.