ހަބަރު

ހިމަންދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

އެމްޓީސީސީން ކުރިއަށްގެން ދިޔަ ހިމަންދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި އެވެ.

ހިމަންދޫ ބަނދަރުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. މި ޕްރޮޖެކްޓަށް 47.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.

ބަނދަރު ޕްރޮޖެކްޓުގެ ދަށުން އެރަށުގެ ފަޅުން 28،030 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ފުން ކޮށްފައިވެ އެވެ. މީގެ އިތުރުން، 405 މީޓަރުގެ ބްރޭކްވޯޓާ އަކާއި 141 މީޓަރުގެ ރިވެޓްމެންޓު ޖަހާފައިވެ އެވެ. އަދި ބަނދަރުގައި ލައިޓު ހަރުކޮށް، 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓެއް ވެސް ހަދާފައި ވެއެވެ.

ހިމަންދޫ ބަނދަރު ތަރައްގީ ކޮށްފައި ވަނީ ތިން މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއަކާއި ރޭމްޕަކާއެކު އެވެ.