ވިޔަފާރި

ޓާކިޝް އެއާލައިންސް އާއި ސްކައިއަޕްގެ ފްލައިޓެއް ރާއްޖެއަށް

May 4, 2020

ޓާކިސް އެއާލައިންސް އާއި ސްކައި އަޕް އެއާލައިންސް އިން ރާއްޖެ އަށް ހާއްސަ ފްލައިޓެއް ބާއްވަން ނިންމައިފި އެވެ.

ލޮކްޑައުންގެ ކުރިން ރާއްޖެ އަށް ޑައިރެކްޓް ފްލައިޓް ބާއްވަމުން ގެންދިޔަ ޓާކިޝް އެއާލައިން އިން ރާއްޖެ އަންނަ ފްލައިޓް އޮންނާނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި ސްކައި އަޕް އެއާލައިންސްގެ ފްލައިޓް އޮންނާނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގައި ތިބި ބިދޭސީ މުވައްޒަފުންނާއި އެހެނިހެން ފަސިންޖަރުން ބަލައި ޔޫކްރެއިން އިން އަންނަ ސްކައި އަޕް އެއާލައިންސްގެ ޕީކިއު 5906 އަންނާނީ އަށް ވަނަ ދުވަހު ކަމަށާ، މި ފްލައިޓް އެ ދުވަހު ފުރާނެ ކަމަށެވެ. މި ފްލައިޓުން ފުރަން ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީއަށް އެންގުމަށް އެދިފައިވެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ، މައި ވައިގެ ބަނދަރު ބަންދުކޮށްފައިވަނީ މި ދިޔަ މާޗް މަހުގެ ފަހު ކޮޅު އެވެ. ބަންދު ކުރުމާއެކު ރާއްޖޭގައި ތިބި ބޭރު މީހުން ބަލައި ދަނީ ހާއްސަ ފްލައިޓް ތަކެއް އަންނަމުންނެވެ.