ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެމްއައި ކޮލެޖުން ފިޔަވައްޗަށް ސެނިޓައިޒާ ހަދިޔާ ކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ތިބޭ ފިޔަވައްޗަށް އެމްއައި ކޮލެޖްގެ ފަރާތުން ސެނިޓައިޒާ ހަދިޔާ ކޮށްފި އެވެ.

އެމްއައި ކޮލެޖުން ބުނީ މި ދަނޑިވަޅުގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރަމުންދާ އެންމެހާ ފަރާތްތަކާއެކު އެ ކޮލެޖުވާ ކަމަށެވެ.

މި ވަގުތު އެންމެ ބޮޑަށް ބޭނުންވާނީ ސާފުތާހިރު ވުމަށް ބޭނުންވާ އެއްޗިހި ކަމަށްވާތީ ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް މިއަދު ސެނިޓައިޒާ ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރަށްވެސް އެކި ގޮތްގޮތަށް މުޖުތަމައުއަށް އެ ކޮލެޖުން އެހީތެރިވާނޭ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެމްއައި ކޮލެޖުން ވަނީ އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކޮށްފައިވާ ސޯޝަލް ސަޕޯޓު ޑެސްކަށްވެސް މިހާލަތުގައި ބޭނުންކުރާނެ އާލާތްތަށް ހަދިޔާ ކޮށްފަ އެވެ.