ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު ބަޔަކު ޕޮޒިޓިވްވެ އަދަދު 551 އަށް

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 551 އަށް އަރައިފި އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. މީހުންގެ ތެރޭގައި އިންޑިއާ، ލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާނު މީހުން ހިމެނެއެވެ. އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.

އިއްޔެ އަކީ މި ފަހުން އެންމެ މަދުން ކޮވިޑަށް މީހުން ޕޮޒިޓިވްވީ ދުވަހެވެ. އިއްޔެގެ ނަންބަރަކީ އަށެކެވެ.

ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 28 މީހުންނެވެ. ހުކުރު ދުވަހުވެސް ވަނީ 23 މީހަކު ޕޮޒިޓިވްވެފައެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވީ ދުވަހެކެވެ. ބުރާސްފަތި ދުވަހު އެކަނިވެސް 191 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މި ވަގުތު ކަރަންޓީންގައި ތިބީ 1759 މީހުންނެވެ. އަދި 458 މީހުން އައިސޮލޭޝަންގައި އެބަތިބި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން އެކަކު ވަނީ މަރުވެފައެވެ.