ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްއެންޑީއެފް

ކޭކޭއިން 66 މީހަކު އެކަހެރި ކޮށްފި

ކޮވިޑްގަައި ރާއްޖެއިން މަރުވި ދެވަނަ މީހަކީ އެމްއެންޑީއެފްގަައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށާ އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 66 މީހަކު ފާހަގަ ކުރެވި އެމީހުން އެކަހެރި ކުރެވިފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން ދެވަނަ މީހަކު މަރުވެފަައި ވަނީ މިއަދު އެވެ. އެއީ ބަންގްލަދޭޝްއަަށް ނިސްބަތްވާ 33 އަހަރުގެ ޒުވާނެކެވެ. އޭނާ މަރުވިއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވީ ނަމަވެސް މަރުވީ ސިއްހީ އެހެން މައްސަލަތަކެއް ކުރިމަތި ވެގެނެވެ. އެގޮތުން އޭނާ ފިޓް ޖެހި ސިކުޑިއަށް ލޭ އެޅިފައި ވެއެވެ. މަރުވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއަދު މަރުވި އެ މީހާއަކީ އެމްއެންޑީއެފްގެ ކަޅުތުއްކަލާ ކޮށީގަައި މަސައްކަތް ކުރަމުންދާ މީހެކެވެ. އޭނާއަކީ އެ ތަނުގެ ގުދަނުގައި މަަސައްކަތު މީހެއްގެ ވަޒީފާގައި ހުރި މީހެކެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު މަރުވި ބިދޭސީ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 66 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"އެއީ މިވަގުތަށް ފާހަގަކުރެވިފައިވާ އަދަދު. ނަމަވެސް އަދިވެސް އެ ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރިއަށް." އަފްޒަލް ވިދާޅުވިއެވެ.

ސިފައިންގޭގެ ގުދަނެއްގައި މަސައްކަތްކުރާ ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެ މަރުވެފަައިވާއިރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރޭގައި ސިފައިންގެ މީހުން ވެސް ހިމެނެ އެވެ. ސިފައިންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ މައުލޫމާތު ހާމަ ކުރަމުން ގެންދިއުމަށް ފަހު ފަހުން ވަނީ ސިފައިންގެ ކްލަސްޓާއާ ގުޅުންހުރި މީހުންގެ އަދަދުތައް ހާމަ ނުކުރަން ނިންމާފަ އެވެ.

ނަމަވެސް އެ ކްލަސްޓާ ބޮޑުވެ، ގިނަ ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަަށް އެންއީއޯސީން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވެފައި ވެއެވެ،