އެތުލެޓިކޯ މެޑްރިޑް

ލޮކްޑައުންގައި ކަންކަން ދަސްވި: އެތުލެޓިކޯގެ ކެޕްޓަނަށް

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ކުރުމަކީ، ކަންކަން ރަނގަޅަށް ކުރިއަށް ގެންދަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށް، އެތުލެޓިކޯ މެޑްރިޑްގެ ކެޕްޓަން ކޮކޭ ބުނެފި އެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހަށް ސްޕެއިން ލޮކްޑައުން ކުރި އެވެ. އެތުލެޓިކޯގެ މިޑްފީލްޑަރު ބުނީ، ވޭތުވެދިޔަ ދެ މަހަކީ ގިނަ ކަންކަން ރަނގަޅަށް ގެންދަން ދަސްވި މުއްދަތެއް ކަމަށެވެ.

"ލޮކްޑައުންގައި އަހަންނަށް ދަސްވީ ދުރާލައި ތައްޔާރު ވާން ޖެހޭކަން، ޕްރެކްޓިހަށް ވެސް ނުވަތަ އަމިއްލަ ރައްކާތެރި ކަމަށްވެސް ދުރާލައި ފިޔަވަޅުތައް އަޅަން ޖެހޭ ކަން. އަހަރެމެން ޖެހޭ އަހަރެމެންގެ އަމިއްލަ ނަފުއްސަށް ވެސް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން، އެހެން މީހުންނަށް ވެސް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން." އެތުލެޓިކޯގެ ޗެނަލްއަށް ދިން އިންޓަވިއުގައި ކޮކޭ ބުންޏެވެ.

"އަހަރެންގެ ދަރިފުޅުވެސް އެބަހުރި އަހަރެންވެސް ޖެހޭ ސާފް ކޮށް ހަަދަން، އަމިއްލަ ނަފުސަށް ގިނަކަންކަމެއް ކުރަން ދަސްވި."

އޭނާ ބުނީ، ފުޓްބޯޅަ އާ ނުލައި ދެ މަސް ދުވަސް ހޭދަ ކުރަންވީ އުނދަގޫ ކަމަކަށް ކަމަށާއި، އަލުން ކުޅެން ނުކުންނަށް ކެތް މަދުވެފައި ހުރި ކަމަށެވެ. އޭނާ ބުނީ ސަޕޯޓަރުން ނުވައްދައި ކުޅުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.