މެންޗެސްޓާ ޔުނައިޓެޑް

ކުޅުންތެރިންނަން މަޖުބޫރެއް ނުކުރާނަން

މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިން ޓްރޭނިންއަށް އެނބުރި އަންނަން މަޖުބޫރު ނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބުނެފި އެވެ.

އަންނަ މަހުގެ މެދުތެރޭގައި ޕްރިމިއާ ލީގް އަލުން ފެށުމަށް އުންމީދު ކުރާއިރު، ޔުނައިޓެޑްގެ ހުރިހާ ކުޅުންތެރިން ވެސް ވަނީ ޕްރެކްޓިހަށް ނުކުމެފަ އެވެ. އެހެން ނަމަވެސް ސޮލްޝަޔާ ބުނީ، މި ހާލަތުގައި ފަރިތަ ކުރުންތައް ކުރިއަށް ގެންދިއުމަށް އިއުތިރާޒް ކުރާ ކުޅުންތެރިޔަކު ހުރެދާނެ ކަމަށެވެ. އެހެން ވެއްޖެނަމަ އެ ކުޅުންތެރިޔަކަށް އެކަން ދޫކޮށްލާނެ ކަމަށް ކުރިން ޔުނައިޓެޑަށް ކުޅުނު ފޯވަޑް ބުންޏެވެ.

"ކުޅުންތެރިންނާ ދެކޮޅަށް އެއްވެސް ކަމެއް ނުހިފެހެއްޓުން މިވަގުތު ރަނގަޅީ، ކުޅުންތެރިޔަކު ނަފުސާނީ ގޮތުން ތައްޔާރު ނުވަންޏާ، އަހަންނަކަށް ހީއެއް ނުވޭ އެއްވެސް މީހަކަށް މަޖުބޫރު ކުރެވޭނެ ހެނެއް،" ސްކައި ސްޕޯޓްސް ނިއުސްއަށް ދިން އިންޓަވިއުގައި ބުންޏެވެ.