ރާއްޖެ ނާދެވި އިންޑިއާގައި ތިބި ދިވެހިންގެ ތެރެއިން 234 ދިވެހިން މާދަމާ ރާއްޖެ ގެންނަން ނިންމައިިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ 16 ސިޓީއެއްގައި ތިބި 234 ދިވެއްސަކު މާދަމާ ރާއްޖެ އަންނާނީ މޯލްޑިވިއަންގެ ދެ ފްލައިޓެއްގަައި ކަމަަށެވެ.
ދިވެހިން ގެންނަ 16 ސިޓީއަކީ ޕަންޖާބާއި ކަލްކަތާ އާއި ގުރްގުއާން އާއި ރިޝިކޭޝް އާއި ދިއްލީ އާއި ވެއްލޫރާއު ޗެންނާނީ އާއި ޓްރިވެންޑްރަމާއި ކޮޗިން އާއި ބެންގަލޫރާއު ޕޫނޭ އާއި ގޯއާ އާއު ޖަމްނާގަރު އާއި އެޒިމާލާ އާއު ވެލިންޓަން އަދި ޕަޗްމާރީއެވެ.
ފުރަތަމަ ފްލައިޓް ޖައްސާނީ މާދަމާ މެންދުރު 1:10 ގައެވެ. ދެވަނަ ފްލައިޓް 2:00 ޖަހާއިރު އެވެ.