ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވިއަން

އިންޑިއާގަައި ތިބި 234 ދިވެހިން ރާއްޖެ ގެނެސްފި

ރާއްޖެ ނާދެވި އިންޑިއާގައި ތިބި ދިވެހިންގެ ތެރެއިން 234 ދިވެހިން ރާއްޖެ ގެނެސްފި އެވެ.

އިންޑިއާގެ 16 ސިޓީއެއްގައި ތިބި 234 ދިވެހިން ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓެއްގައެވެ. މި މީހުން ފުރަތަމަ ރާއްޖެ އަންނަން އޮތީ މިއަދު މެންުދުރުއެވެ. ނަަމަވެސް ދަތުރުފަސްވެ ދިވެހިން ގެނެވުނީ މިރޭ 11 ޖެހިފަހުންނެވެ.

ދިވެހިން ގެނައި 16 ސިޓީއަކީ ޕަންޖާބާއި ކަލްކަތާ އާއި ގުރްގުއާން އާއި ރިޝިކޭޝް އާއި ދިއްލީ އާއި ވެއްލޫރާއު ޗެންނާނީ އާއި ޓްރިވެންޑްރަމާއި ކޮޗިން އާއި ބެންގަލޫރާއު ޕޫނޭ އާއި ގޯއާ އާއު ޖަމްނާގަރު އާއި އެޒިމާލާ އާއު ވެލިންޓަން އަދި ޕަޗްމާރީއެވެ.