ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބިދޭސީން ދިރިއުޅޭ 33 ތަނަކުން ސާމްޕަލް ނަގައިފި

May 10, 2020
4

ކޮވިޑް-19 އާ ގުޅިގެން މާލޭ ސަރަހައްދުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ އިތުރު ފަސް ތަނެއް މޮނީޓަރިންއަށް ގެނެވިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އެންއީއޯސީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒް ވިދާޅުވީ، ފުލުހުންގެ އެހީތެރިކަމާއެކު ބިދޭސީން ތިބި ޖުމްލަ 33 ތަނެއް މިހާރު މޮނިޓަރިންގައި އެބަހުރި ކަމަށެވެ. އެގޮތުން، އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ ތެރޭގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ސާމްޕަލް ނަގައި، ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެގޮތުން، އެފަދަ 30 ތަނަކުން މިހާރު ސާމްޕަލްތައް ވަނީ ނެގިފައި. މިހާރު ބާކީ ސާމްޕަލް ނުނެގި އޮތީ ތިން ތަނެއް. އެ މަސައްކަތް އެބަ ކުރިއަށްދޭ،" މަބުރޫކު ވިދާޅުވި އެވެ.

މިހާތަނަށް ޓެސްޓު ކުރެވުނު ތަންތަނުގެ ތެރެއިން، ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ކޮވިޑް-19 އިގެ ކްލަސްޓާތައް މިހާރުވެސް ވަނީ ފެނިފަ އެވެ.

އޭގެ އިތުރުން، މާލޭ ސަރަހައްދުގައި، އެއް ތަނެއްގައި ތޮންޖެހިގެން ދިރިއުޅެމުންދާ ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ވަނީ ފަށައިފަ އެވެ.

އެގޮތުން، މިހާތަނަށް 1،500 އަށް ވުރެ ގިނަ ބިދޭސީން ގުޅިފަޅު އަދި ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ބައެއް ތަންތަނަށް މިހާރުވެސް ބަދަލުކުރެވިފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.