ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19 އިގެ ދެވަނަ ރާޅެއްގެ ބިރު

May 11, 2020
2

ކޮވިޑް-19 އާ ގުޅިގެން ވަޅުޖެހިފައިވާ އިގުތިސޯދުތައް އަލުން ހިނގުމަށްޓަކައި، އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ގިނަ ގައުމުތަކުން ލުއި ކުރަމުން އަންނައިރު، މުޅި ދުނިޔޭގައި އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ހަތަރު މިލިއަނަށް އަރައިފަ އެވެ.

މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ އިގުތިސޯދީ ހީނަރުކަމުން އަރައިގަތުމަށް، ގިނަ ގައުމުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފަ އެވެ. އެގޮތުން، ގިނަ ބައެއްގެ ވަޒީފާ ގެއްލި، މަގުމަތިވަމުން ދާއިރު ބަލި އަނެއްކާ ވެސް ފެތުރިގެން ދިއުމުގެ ފުރުސަތު ނުދީ ލޮކްޑައުން ލުއި ކުރުމަށް ދަތިތަކާ ދަނީ ކުރިމަތި ވަމުންނެވެ.

އެ ބަލި ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު 279،000 އަށް އަރާފައިވާއިރު، އެ ބަލި ކޮންޓްރޯލް ކުރެވިއްޖެ ކަމަށް ފެނުނު ދެކުނު ކޮރެއާ ފަދަ ގައުމުތަކުގައި ކޮވިޑް-19 ފެތުރިގެން ދިއުމާއެކު، އެހެން ގައުމުތަކުގައި ވެސް ބަލީގެ ދެވަނަ ރާޅެއްގެ ބިރު ވަނީ ބޮޑުވެފަ އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ގިނަ ގައުމުތަކުން މިހާރު އަޅާފައިވާ ފިޔަވަޅުތައް މާ އަވަހަށް ލުއި ކުރަން ފަށައިފި ނަމަ، އަނެއްކާވެސް އިތުރު ލޮކްޑައުންތަކެއްގެ ފިޔަވަޅު އަޅަންޖެހިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ވެސް ވަނީ ބުނެފަ އެވެ.

ވައިރަސް ފެތުރުން މަޑުޖެހި، ގިނަ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަމުން އަންނަ ދަނޑިވަޅެއްގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް ވިދާޅުވީ ފިޔަވަޅުތައް މާ އަވަހަށް ލުއި ކުރެވިއްޖެ ނަމަ، އަނެއްކާ ވެސް އެނބުރި ލޮކްޑައުންގެ ހާލަަތަށް ދާން ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ނަމަވެސް ޔޫރަޕުގެ ގިނަ ގައުމުތަކުން އަންނަނީ މަޑުމަޑުން ލޮކްޑައުންގެ ފިޔަވަޅުތައް ލުއި ކުރަމުންނެވެ. ބަލި އަނެއްކާވެސް ފެތުރިގެންފާނެ ކަމަށް ބުނެ، ބޭރުގައި އުޅޭއިރު، ގައިދުރުކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމަށް ބައެއް ގައުމުތަކުން މިހާރު ވެސް ވަނީ ލާޒިމުކޮށްފަ އެވެ.