ކުޅިވަރު

ލޮކްޑައުން ވާނެ ގެއެއްވެސް އެރިކްސަނަށް ނުލިބުނު

އިންޓަ މިލާންގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ދިރިއުޅޭނެ ގެއެއް މިލާނުން ނުލިބުމުން، ކަރަންޓީން މުއްދަތު މިލާންގެ ޓްރޭނިން ސެންޓަރުގައި އޭނާ ހޭދަ ކޮށްފި އެވެ.

ޓޮޓްނަމްހޮޓްސްޕާސް އިން، އިންޓައަށް، ޑެންމާކްގެ މިޑްފީލްޑަރު ބަދަލުވީ މިދިޔަ ޖަނަވަރީ ޓްރާންސްފާ ޕީރިއަޑްގަ އެވެ. މިލާނުން ގެއެއް ނުލިބި އުޅެނިކޮށް ކޮރޯނާ ވައިރަސްގެ ކަންކަން މާޗް މަހުގައި ކުރިމަތި ވިއެވެ.

އެރިކްސަން ބުނީ، ޓީމުގެ ގޭގެ ސޯފާގައި ނިދައި ހަދަން، ކުޅުންތެރިޔެއްގެ ގެއިން ޖާގަ ހޯދަން ވެސް އޭނާ ހިތަށް އެރި ކަމަށެވެ.

"އަހަރެން ހިތަށް އެރި ރޮމެލޫ ލުކާކޫ ނުވަތަ އެޝްލީ ޔަންގް އާ ވާހަކަ ދައްކަން، ނަމަވެސް އެ މީހުންގެ އެބަތިބި ބަލަން ޖެހޭ އާއިލީ މެންބަރުން، އަދި ކޮންމެވެސް މީހެއްގެ ގެއެއްގެ ސޯފާގައި 14 ދުވަސްވަން ދެން އުޅުމަކީ ވަރަށް ދިގު މުއްދަތަކަށް ވާނެ،" ދަ ސަން އަށް ދިން އިންޓަވިއުގައި އެރިކްސަން ބުންޏެވެ.

"އެހެންވެ އަހަރެން ނިންމީ ކުލަބުގެ ޓްރޭނިން ސެންޓަރުގައި މަޑުކުރަން ކައްކާ މީހަކާއި އަދި ކުލަބުގެ އެހެން ފަސް މުވައްޒަފުން އަހަރެންނާއެކު ކަރަންޓީންގައި ހޭދަ ކުރި."

އެރިކްސަން ބުނީ، ޓްރޭނިން ސެންޓަރު ބޭރުގައި އޭނާ އުޅޭތަން ފެނުމުން ފުލުހުން އޭނާ ހުއްޓުވައި ސުވާލު ކުރާ ކަމަށެވެ.

"އިޓަލީ ބަހަށް ނުފަރިތަ ކަމާއެކު ވެސް އަހަރެން ކިޔައިދެން އަހަރެން މީ ކީއްކުރާ މީހެއް ކަމާ، އަހަރެން ބޭރުގައި ހުރީ ކީއްވެގެން ކަން."