ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

"ކަރަންޓީނު ކަންކަން ދަނީ ރަނގަޅަކަށް ނޫން"

އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު އެ ހާލަތުގެ ދަށުން ހިންގާ ކަންތައްތައް ވެސް ލާމަރުކަޒީ އުސޫލުން ކުރިއަށް ގެންދަން ހެލްތު މިނިސްޓަރަށާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލާޒިމުވާ ކަމަށާއި ނަމަވެސް އެކަން ކުރިއަށް ގެންދަނީ އެއާ ހިލާފަށް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުން އަނބުރާ ރަށަށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ކަން ކުރަމުންދާ ގޮތާ ގުޅިގެން ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ވިދާޅުވީ އެކިއެކި ބޭނުންތަކަށް މާލެ އައިސް ރަށަށް އަނބުރާ ނުދެވި ތިބި މީހުނާއި ހާލަތު ނިޔާ ކުރި ގޮތުން އަނބުރާ ރަށަށް ބަދަލުވާން ބޭނުންވެފައި ތިބި 10،000 އަށް ވުރެ ގިނަ މީހުން މާލޭގައި އެބަތިބި ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ. އެ މީހުންގެ އާއިލާގެ ގާތަށް އަނބުރާ ރަށަށް ދެވޭނެ ގޮތް ހަދައިދޭން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ގާނޫނުގެ ފަސް ވަނަ މާއްދާގައި ބުނާ ގޮތުން ކައުންސިލްތަކުގެ އިހްތިސޯސްތަކުގެ ސަރަހައްދުގައި ހިނގާ ކަންކަން ކުރުމަށް މިނިސްޓްރީން ކައުންސިލްތަކާ އެ މަސްއޫލިއްޔަތުތައް ހަވާލު ކުރަން ޖެހޭ ކަމަށާއި އެ ކަމާ ގުޅޭ އުސޫލެއް ވެސް މިނިސްޓްރީން އެކުލަވާލައި އާންމު ކުރަން ޖެހޭނެ ކަމަށެވެ.

"ވަޒީރު [ހެލްތު މިނިސްޓަރު އަބްދުﷲ އަމީން] އެބަ ޖެހޭ އުސޫލެއް ހަދައި ގެޒެޓް ކުރަން. އެކަމަކު މިއަދާ ހަމައަށް މި ލޮކްޑައުން އައިރު އެކަމެއް ކޮށްފައެއް ނުވޭ. މިއަދުން މިއަދަށް މި ގެޒެޓް ކުރަން ވަޒީރަށް އަޅުގަނޑު ހަމަ ގޮވާލަން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އާންމު ސިއްހަތުގެ ގާނޫނުގެ ފަސްވަނަ މާއްދާއަށް އަމަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެންގޭނެ ކަމަށެވެ. އަދި ވިދާޅުވީ، އެ މާއްދާގައިވާ ގޮތަކީ ކޮންމެ ރައްޔިތަކު ވެސް އެ ރައްޔިތެއްގެ ރަށަށް ގޮސް އެ ރަށެއްގައި ކަރަންޓީނު ވެވޭނެ ގޮތެއް ކަމަށެވެ.

"އަޅުގަނޑު ނުރުހި އިނދެ މި ވާހަކަ ދައްކަނީ. އާންމު ސިއްހަތުގެ ގާނޫނުގެ ފަސްވަނަ މާއްދާއަށް އަމަލު ކުރުމަށް ވަޒީރަށް އެންގޭނެ. ވަޒީރަށް އެ މާއްދާއަށް އަމަލު ނުކުރެވޭ. ކަރަންޓީނު ކުރަން ޖެހޭނީ ވެސް ގާނޫނާ އެއް ގޮތްވާ ގޮތުގެ މަތިން. ފަސްވަނަ މާއްދާ އެ ކަން ކުރަންވީ ގޮތް އެބަ ބުނޭ."