ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

މަޖިލީހުން ފާރަވެރިނުވާނަމަ ތައްޔާރީތައް ނުވެދާނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
0%
0%
100%

ރައްޔިތުންގެ މަޖިލިސް ނުބާއްވާ ސަރުކާރުގެ މަސައްކަތްތަކަށް މަޖިލީހުން ފާރަވެރިވެ ނުތިބޭނަމަ މިހާރު ފެތުރިފައިވާ ރޯގާއަށް ތައްޔާރުވުމުގައި ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނުކުރެވިދާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާންމު އުސޫލުން މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނާއި މަޖިލީހުގެ ކޮމިޓީގެ މުގައްރިރުންނާއެކު ރައީސް ނަޝީދު މަޝްވަރާ ބައްދަލުވުމެއް މަޖިލީހުގެ ތަޅުމުގައި މިއަދު ބޭއްވެވި އެވެ.

ކޮވިޑް-19 ގެ ހާލަތު ރާއްޖެއަށް ކުރިމަތިވި ފަހުން މިދިޔަ ދެ ހަފުތާގައި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ވެބް ކޮންފެރެންސް މެދުވެރިކޮށެވެ.

މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރަށު ތެރޭގައި ކޮވިޑް-19 ގެ ރޯގާ ފެތުރިދާނެ ކަމަށް ތައްޔާރު ވުމަށްޓަކައި ބޭނުންވާ ސިއްހީ ގިނަ ވަސީލަތްތައް ބޭނުންވާ މިންވަރަށް އަދި ގެނެވިފައި ނުވާ ކަމަށެވެ. ބައެއް ނޫސްވެރިން ރިޕޯޓް ކޮށްފައިވާ ހަބަރުތަކާ ހަވާލާ ދެއްވާ ކުރީގެ ރައީސް ވިދާޅުވީ ބައެއް ވަސީލަތްތަކަށް މިހާތަނަށް ފައިސާ ވެސް ނުދައްކާ އޮތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ތައްޔާރުވާން 247 އައިސީޔޫ އެނދު ބޭނުންވާއިރު މާލޭ ސަރަހައްދުގައި ހުރީ 235 އެނދެވެ. ޖުމްލަ 740 ހޮސްޕިޓާ އެނދު ބޭނުންވާއިރު، ހުރީ 687 އެނދެވެ. 197 ވެންޓިލޭޓަރު ބޭނުންވާއިރު، ހުރީ 45 ވެންޓިލޭޓަރެވެ.

މީގެ އިތުރުން 367 ޑޮކްޓަރުންނާއި 608 އައިސީޔޫ ނަރުހުންނާއި 252 ނަރުސް އެޓެންޑެންޓުން ވެސް އިތުރަށް ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ލޮކްޑައުންގެ ހާލަތަށް ގެންދަނީ ވެސް ރޯގާއަށް ތައްޔާރު ވާން އިތުރަށް ބޭނުންވާ ވަސީލަތްތައް ހޯދަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ނަޝީދާއި، މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުން -- ފޮޓޯ: މަޖިލީހުގެ އިދާރާ

ދެން އެމަނިކުފާނު ވިދާޅުވީ ތައްޔާރު ވާން ބޭނުންވާ ވަރަށް ވަސީލަތްތައް މިއަދާ ހަމައަށް ވެސް ގެނެވިފައި ނުވާތީ އާއި ބައެއް ވަސީލަތްތައް ގެނައުމުގައި މިހާތަނަށް ފައިސާ ވެސް ދައްކާފައި ނުވާ ކަމަށް ރިޕޯޓް ކުރެވޭތީ މަޖިލީސް ނުހިނގާ ނަމަ ސަރުކާރުން ރޯގާއަށް ތައްޔާރު ނުވެދާނެ ކަމުގެ ބިރު ހީވާ ކަމަށެވެ.

"އަޅުގަނޑު ހަގީގަތުގައި މި ތަނަށް އައިސް ތިޔަ އިއްޒަތްތެރި މެންބަރުން އަރިހުގައި މި އިނީ ހަމަ ހަގީގަތުގައި ވެސް މި ތަން ބަންދު ކޮށްފިއްޔާ އަޅުގަނޑުމެން ކިތަންމެ ލޯބި ވިޔަސް މި ތައްޔާރީ ނުވެދާނެ ކަމަށް އަޅުގަނޑުގެ ހިތަށް ބިރު ގަންނާނާތީވެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ފުރުސަތު ދެއްވަން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން އެމަނިފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރޯގާ އިން ތައްޔާރު ވުމަށް ޓަކައި ބޭނުންވާ ފުރަތަމަ ވަސީލަތަކީ މަޖިލީހެވެ. މަޖިލިސް ބަންދުކޮށްގެން އެއިން ކަމަށް ތައްޔާރު ވެވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި މަޖިލީސް މި ހުޅުވަނީ ފާޑު ބުނާން ވެގެން. އަޅުގަނޑު ދެކޭ ގޮތުގައި މި ކަމަށް މިއަދު އަޅުގަނޑުމެން ފާޑު ނުބުނުމަކީ ޒިންމާދާރު ކަމެއް ނޫން، ވާން ޖެހޭ ތައްޔާރީތައް މެންބަރުން ބައްލަވަން ޖެހޭ. ޒިންމާދާރު ކުރުވަން ޖެހޭ، އެއީ މެންބަރުންގެ ގާނޫނީ މަސްއޫލިއްޔަތެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުން ފާރަވެރިނުވާނަމަ ސަރުކާރުން ތައްޔާރު ނުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، މިނިސްޓަރު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހާޒިރުކޮށް ވެންޓިލޭޓަރުތަކާ ގުޅޭ 10 ސުވާލެއް ކުރެއްވުމަށް ވެސް ވަނީ ހުށަހަަޅުއްވާފަ އެވެ. އެ ގޮތަށް ހުށަހެޅުއްވީ މައްޗަންގޯޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހައިތަމެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އުލާ

ތިމަޖިލީސް ވަގުތުން އުވާލަން ޖެހޭ، ... ގައުމަށް ކުރިއެރުމާ ފާގަތިކަން އޮތީ މިކަން ކޮށްގެން

ކަނަމަނަ

ރޫހާނީ ލީޑަރުއަނެއްކާވެސްމޮޅުވާހަކައެއްބުނެލީ

ފިރުޝާން

ކަލޭ ނެތިއްޔާ ހަމަ ގައިމުވެސް މިގައުމުގައި ހަމަ ޖެހިގެން ދިވެހީން އުޅޭނެ.. ތީ ބޮޑު ނޮހޮރޮއްޕާނެއް ކަހަލަ ސޭކެއް..

ލލ

މިހާރު ޤައުމުތަކުން ހިދުމަތް ނުދޭން ދައްކާ ބަހަނާއަކި ކޮވިޑް 19 ، ބަލަ ރައްޔިތުންގެ ހިދުމަތް ފޯރުކޮށް ދޭންޖެހޭ !

ޢަސްލު

ޢެ އުޅެނީ ކޮވިޑްގެ ސަބަބުން އޭނަގެ ހަބަ ރުތައް ނޫސްތަކަށް އަ ރާލެއް މަދުކަމުން.

އަސްލު

މިދުވސްކޮޅު އެންމެންގެ ސަމާލުކަން ކޮވިޑްއާ ގުޅޭކަންކަމަށް ހުއްޓިފައި އޮތްވައި ބޭނުންގޮތްތޮތަށް ޤާނޫނުތަށް ފާސްކޮށް ޤާނޫނުތަކަށް ބަދަލުގެނައުން އަސްލު ބޭނުމަކީ. މި

ޝަމްލާ

މީނަމީ ސަރުކާރުން އެަޅި ފިޔަވަޅުތަކަށް ފާޑުކީމީހާ. ޢެހާވަރުވާ ބައްުޔެއް ނޫނޭ ސަރުކާރުން ކަންބޮޑު ކުރަނިއްޔޭ ކީ ހަމަ ތިނަޝީދު. އަހަރުން ބޭނުމެއްނޫން ކަލޭގެ ހުސްއަގަ އަޑުއަހާކަށް

ޑިމޮކްރަސީ

މުޅި ޤަވް،މު އިދަޖެހޭއިރުވެސް ބޮޑުމުސާރަނަގައިގެން ތިޔަމަޖްލީހެއްބާއްވައިގެން އަޗާތަޅަންތިބޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345