ކޮވިޑް-19 އާ ގުޅިގެން މުއާސަލާތީ ކުންފުނި ތަކުން ކަސްޓަމަރުންނަށް ދިން އިނާޔަތްތަކާއެކު މާޗު މަހު އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ މޮބައިލް މުއާސަލާތީ ދާއިރާ ކަމަށް، މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯ އޮފް މޯލްޑިވްސް އިން ނެރެފައިވާ އިންފްލޭޝަން ހިސާބު +ތަކުން ދައްކައިިފި އެވެ.
ރާއްޖޭގެ ތަފާސް ހިސާބު ބަލަހައްޓާ ގައުމީ އިދާރާ ކަމަށްވާ މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯ އޮފް މޯލްޑިވްސްގެ ހިސާބުތައް ދައްކާ ގޮތުން މާޗް މަހު ރާއްޖޭގެ އިންފްލޭޝަން 1.2 ޕަސެންޓް ވަނީ ދަށްވެފަ އެވެ. ނަމަވެސް ފެބްރުއަރީ މަހުގެ އިންފްލޭޝަން ހުރީ 0.001 ޕަސެންޓް މަތީގަ އެވެ. އަދި މަހުގެ އަގުތަކަށް އައި ބަދަލު ނުލައި ބަލާނަމަ އިންފްލޭޝަން ރޭޓް ހުރީ 1.7 ޕަސެންޓް ވަނީ ދަށްވެފަ އެވެ. ނަމަވެސް މި އަދަދު ފެބްރުއަރީ މަހު ހުރީ 0.15 ޕަސެންޓް ދަށުގަ އެވެ.
މާޗް މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި މޮބައިލްގެ މުއާސަލާތީ ދާއިރާ ހިމެނެ އެވެ. މި ދާއިރާގެ އަގުތައް ވަނީ 15.18 ޕަސެންޓް ދަށްވެފަ އެވެ. އަދި މަހުގެ ބައިގެ އަގުތައް ވަނީ 2.24 ޕަސެންޓް ދަށްވެފަ އެވެ. އަދި ތަރުކާރީގެ ބައިގެ އިންފްލޭޝަން ވަނީ 3.34 ޕަސެންޓް ދަށްވެފަ އެވެ. އަދި ތެލާއި ލުބްރިކެންޓުގެ އަގުތައް ވަނީ 11.88 ޕަސެންޓް ދަށްވެފަ އެވެ. އެއްގަމު މަހުގެ ބައިގެ އަގުތައް 1.41 ޕަސެންޓް ދަށްވިއިރުމ ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނުގެ އަގުތައް ވަނީ 0.090 ޕަސެންޓް ދަށްވެފަ އެވެ.
މާޗް މަހު އަގުތައް މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ހިމެނެނީ ކާބޯ ތަކެތީގެ ބައެވެ. މި ބައިގެ އަގުތައް ވަނީ 1.41 ޕަސެންޓް ދަށްވެފަ އެވެ.
ރާއްޖެއިން ކޮވިޑް-19 ގެ ބަލި ފެތުމާއި ގުޅިގެން، ގިނަ ހިދުމަތްތައް ވަނީ ހުއްޓިފަ އެވެ. މިއާއެކު ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިންފްލޭޝަންއަށް ބަދަލުތަކެއް އަންނާނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.