ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރަަށްރަަށަށްދާ މީހުންގެ ކަރަންޓީނަށް އިތުރު ތިން ރިސޯޓު

މާލެ އިން ރަށްރަށަށް ދާ މީހުން ކަރަންޓީނު ކުރަން އިތުރު ތިން ރިސޯޓު ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ރައްޔިތުން ކަރަންޓީނު ކުރަން ހދ. ހޮނޑާފުށި އާއި ފ. ފިލިތެޔޮ އަދި މ. މެދުފުށި ރިސޯޓު ވަނީ މިހާރު ހަމަޖެހިފައި ކަމަށެވެ.

"އަތޮޅު ތެރެއަށް ބަލި ފެތުރުން ކުޑަ ކުރުމަށް އުނދަގުލަސް، މިއީ ނުހަނު ބޭނުންތެރިކަމެއް. ކެތްތެރިކަމާ އެކު ހިތްވަރުގަދަ ކުރައްވާ" މިނިސްޓަރު ވިދާޅުވި އެވެ. އަދި އައިސޮލޭޝަނަށް ދަށްޗަށް ނުވެ ފުރަބަންދު ކަރަންޓީންވެސް ކުރިއަށްގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

މި ތިން ރިސޯޓުގެ އިތުރުން މިހާރު ވެސް އިތުރު ހަތަރު ރިސޯޓެއް އާންމު ރައްޔިތުން ކަރަންޓީނު ކުރަން ދަނީ ބޭނުން ކުރަމުންނެވެ. އެއީ އައްޑޫ ހެރެތެރެ އާއި ދ. އިރުވެލި އާއި ޅ. ފުށިފަރު އަދި ރ. ފުރަވެރި އެވެ.

އެކި ކަންކަމުގައި މާލެ އައިސް، ލޮކްޑައުންއާ ގުޅިގެން ރަށަށް ނުދެވި ތާށިވެފައި ތިބި މީހުންނަށް އެނބުރި ރަށަށް ދެވޭނެ ގޮތް ތަކެއް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އަދި އިސްކަންދޭނެ ލިސްޓެއްވެސްް ވަނީ ތައްޔާރުކޮށްފަ އެވެ.

ސަރުކާރުން ބުނީ ރަށައްދާން ބޭނުންވެގެން 5،000 ވުރެ ގިނަ މީހުން އެކަމަށް އެދިފައިވާ ކަމަަށެވެ.

މާލޭގައި ތާށިވެފެފައި ތިބި މީހުން ކަރަންޓީން ކުރަން އިތުރު ރިސޯޓްތަކެއް ހަމަޖައްސައިފައިވާއިރު ލޮކްޑައުންގެ މުއްދަތު މިމަހުގެ 28 ގެ ނިޔަލަށް އިތުރު ކުރަންވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.