ހަބަރު

މާލެތޮށި މައްޗަށް އެރި ދޯނި ފުނޑުފުނޑު ވެއްޖެ

މާލެ ސިޓީ ތޮށި މައްޗަށް އެރި ދޯނި ފުނޑުފުނޑު ވެއްޖެ އެވެ.

ކ. ކާށިދޫއިން ތަކެތި ހިފައިންގެ މާލެ އައި އެ ދޯނި ވެސްޓްޕާކް ސަރަހައްދު ތޮށިމައްޗަށް އަރާފައިވަނީ ދޯނީގެ އިންޖީނު ހުއްޓުމާ ގުޅިގެންނެވެ.

އެމްއެންޑީއެފްއިން ބުނީ އެ ގަދަ ރާޅުތަކުގެ ތެރޭގައި ދޯނި ހަލާކުވެފަައިވާ ކަމަށެވެ. އެ ދޯނިން ދަތުުރުކުރި މީހުން ފަތާފަައި އެއްގަމަށް އަރާފައިވާ ކަމަށްވެސް ބުންޏެވެ.

އެ ދޯނިން ގިނަ އަދަދެއްގެ ތަކެތި އޮޔާދާތީ ސަމާލުވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްއެންޑީއެފްއިން އާންމުކުރި ވީޑިއޯއެއްގައި ރާޅާތަޅާ ދޯނި އެއްކޮށް ފުނޑުފުނޑުވެފައިވާ މަންޒަރު ފެނެއެވެ. އަދި ދޯނީގެ ބައިތަކާއި ދޯނިން ގެނައި ތަކެތި އޮޔާދާތަން ފެނެއެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރެކެވެ. ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.