އިއްޔެ، މާލޭގެ ހުޅަނގު ފަތުތު ތޮށި މައްޗަށް އަރާ ފުނޑުފުނޑުވި ދޯނީގެ އިންޖީނު އެ ސަރަހައްދުން ކަނޑުގެ އަޑީގައި އޮއްވާ ސިފައިން ހޯދައިފި އެވެ.
ކ. ކާށިދޫން ގިނަ އަދަދެއްކެ ފަތްކޭލާއި ދަނޑުވެރި ކަމުގެ އެހެން ބާވަތްތައް ބަރާ ކޮށްގެން މާލެ އައި އެ ދޯނި ވެސްޓްޕާކް ސަރަހައްދުން ތޮށިމައްޗަށް އަރާފައި ވަނީ އެ ސަރަހައްދުން ދޯނީގެ އިންޖީނު ހުއްޓުނު އިރު ޖެހެމުން ދިޔަ ގަދަ ވަޔާއި ރާޅުތަކުގެ ތެރޭގައި ދޯނި ސަލާމަތް ކުރާނެ ވަގުތު ނުވަނީހެވެ.
ދޯނި ތޮށިމައްޗަށް ބިއްވުމާއެކު ގަދަ ރާޅުތަކުގެ ތެރޭގައި ކުޑަ އިރުކޮޅެއްގެ ތެރޭގައި ދޯނި މުޅިން ފުނޑުފުނޑުވެ ހަލާކުވި އެވެ. އޭގެ ކުރިން އެ ދޯނިން ދަތުުރުކުރި މީހުން ވަނީ ފުންލާލައިގެން އެއްގަމަށް އަރައި ސަލާމަތް ވެފައެވެ.
ކާށިދޫ ދޯނި ތޮށި މައްޗަށް ފުނޑުފުނޑުވެގެން ދިއުމާއެކު އެ ދޯނީގައި ހުރި ގިނަ އަދަދެއްގެ ވަނީ މުޅި ބަނދަރަށް އޮޔާ ބެހިފަ އެވެ،
އެމްއެންޑީއެފްއިން މިއަދު ބުނީ ދޯނީގެ އިންޖީނު ހޯދުމުގެ މަސައްކަތް ސިފައިންގެ ޑައިވަރުން ކުރަމުންދިޔަ ކަމަށާއި. އެގޮތުން ކަނޑުއަޑީގައި އިންޖީނު އޮތް ސަރަހައްދު މިހާރު ހޯދިފައިވާ ކަމަށެވެ.