ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. އެކަމާއި ގުޅިގެން ވިޔަފާރި ކުުރުމަށާއި ޑެލިވަރީ ކުރުމަށް ހާއްސަ ހުއްދަތަކެއް ދިޔައީ ދޫކުރަމުންނެވެ. އެ ހުއްދަ ދޫކުރަމުން ގެންދިޔައީ ފުލުހުން މެދުވެރިކޮށެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސާވިސް މެދުވެރިކޮށް ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފަރާތްތަކަށް ހުއްދަ ދޫކުރުން ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް، މި މުއްދަތުގެ ތެރޭގައި މާލެ ޕޯޓުގައި، މުދާ ކްލިއާ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑްއިން ކަނޑައަޅާ ފަރާތްތަކަށް ހުއްދަ ދޫކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ދެ ހަފްތާގައި ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެދާނެ ކަމަށް ސިއްހީ މާހިރުން ލަފާކޮށްފައިވާތީ ބައެއް ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

އެގޮތުން ބާޒާރު ކުރުމަށް ދޫކުރެވިފައިވާ ހުއްދަތަކަށް ބަދަލެއް ގެނައުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ހަފްތާއަކު ދެ ފަހަރު ވިޔަފާރި ކުރުމަށް ދޫކުރަމުން އައި ހުއްދަތައް ބާތިލްކޮށް ހަފްތާއަކު އެއް ފަހަރު ވިޔަފާރި ކުރުމުގެ ހުއްދަ ދޭން ފުލުހުން ވަނީ ނިންމާފައެވެ.