ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވަޒީފާގެ ހާލަތު ބަދަލުވެ 1159 މީހުން ރަޖިސްޓްރީކޮށްފި

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އަންނަ ހީނަރުކަމާއެކު ވަޒީފާ ގެއްލޭ މީހުނާއި މުސާރަ އުނި ކުރުމުގެ މައްސަލަތަކުގެ ޝަކުވާތަށް ހުށަހަޅަން ގާއިމު ކޮށްފައިވާ ޕޯޓަލްއަށް ވަޒީފާގެ ހާލަތު ބަދަލު ވެގެން 1159 މީހަކު ޝަކުވާ ހުށަހަޅައިފި އެވެ.

ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ގާއިމު ކޮށްފައިވާ ޕޯޓަލްގައި މިހާތަނަށް 1159 މީހަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ވަޒީފާއިން ވަކިކުރި މީހުންގެ ޝަކުވާ ކަމަށެވެ.

މުސަރަ ނުލިބޭ ގޮތަށް ނުވަތަ ނޯޕޭގައި ޗުއްޓީއަށް ފޮނުވާލާފައިވާ މައްސަލަތައް ވެސް ގިނަ އަދަދަކަށް ހުށައެޅިފައި ވެއެވެ.

ވަޒީފާ ދޭ ފަރާތުން އެއްވެސް މީހެއްގެ ވަޒީފާގެ ހާލަތަށް ބަދަލު ގެނެސްފިނަމަ އެ ކަން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރަށް ރިޕޯޓް ކުރުމަށް ވަނީ އެދިފަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް އޭޕްރީލް މަހުން ފެށިގެން ތިން މަސްދުވަހަށް އެލަވަންސެއް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.