ށ. މިލަންދޫގައި ހުންނަ ކޮވިޑް-19 ޓާސްކްފޯސް ޓީމަށް އެމްއައި ކޮލެޖްގެ ފަރާތުން ސެނިޓައިޒާ އާއި މާސްކު ހަދިޔާ ކޮށްފި އެވެ.
އެމްއައި ކޮލެޖުން ބުނީ ފްރޮންޓު ލައިންގައި މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކާއެކު މިވަގުތު އެ ކޮލެޖު ބައިވެރިވާ ކަމަށެވެ.
މި ވަގުތު އެންމެ ބޮޑަށް ބޭނުންވާނީ ސާފުތާހިރު ވުމަށާއި ރައްކާތެރިވުމަށް ބޭނުންވާ އެއްޗިހި ކަމަށްވާތީ މިލަންދޫގެ ޓާސްކްފޯސް ޓީމަށް ސެނިޓައިޒާ އާއި މާސްކް ހަދިޔާ ކޮށްފައިވާ ކަމަށާއި މީގެ އިތުރަށްވެސް އެކި ގޮތްގޮތަށް މުޖުތަމައުއަށް އެ ކޮލެޖުން އެހީތެރިވެދޭނެ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.
އެމްއައި ކޮލެޖުން ވަނީ އައްޑޫ ސިޓީ ހިތަދޫގައި ގާއިމް ކޮށްފައިވާ ސޯޝަލް ސަޕޯޓު ޑެސްކަށް ވެސް މިހާލަތުގައި ބޭނުން ކުރާނެ އާލާތް ހަދިޔާ ކޮށްފަ އެވެ. އަދި ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް ސެނިޓައިޒާ ވެސް ހަދިޔާ ކުރި އެވެ.