ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު ހަތް މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް އިތުރު ހަތް މީހަކު ރާއްޖެެ އިން ޕޮޒިޓްވެ ވެއްޖެ އެވެ. މި މީހުންނާއެކު މިރޭ ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ.

އެޗްޕީއޭއިން ދެންމެ ބުނީ އިތުރު ހަތް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ބަންގަލްދޭޝް މީހެއްގެ އިތުރުން ލަންކާ މީހެއް ކަމަށެވެ. މިރޭ ކުރިން ޕޮޒިޓިވްވީ ބަންގަލްދޭޝްގެ ހަތަރު މީހުންނާއި ލަންކާ މީހެކެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1090 އަށް އަރާފަ އެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ މީހުންގެ އަދަދު ވަނީ 59 އަރާފައެވެ.

މިދިޔަ މަހުގެ 15 ގައި މާލެއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށި ފަހުން މިހާތަނަށް ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ޕޮޒިޓިވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި މި ދެ ހަފުތާގައި މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ އެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.