ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޗައިނާގެ ކުންފުންޏަކުން ބިދޭސީންނަށް ލޭބަ ކުއާޓާއެއް އަޅައިދީފި

May 19, 2020
4

ކޮވިޑް-19 ފެތުރެމުންދާތީ ވަގުތީ ހިޔާ އަށް ބޭނުންވެފައިވާ 800 ބިދޭސީންނަށް، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އިން ލޭބަ ކްއާޓަރެއް އަޅައިދީފި އެވެ.

ހުޅުމާލެ ދެވަނަ ދިޔަވަހީގައި "ހިޔާ ފްލެޓް" މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ 7،000 ފްލެޓުގެ މަސައްކަތް ކުރާ، ސީއެސްސީއީސީ ކުންފުނިން ތަރައްގީ ކޮށްދިން މި ލޭބަ ކްއާޓަރުގެ ބޮޑު މި މިނުގައި 4,987.5 އަކަ މީޓަރުގެ ހުރެ އެވެ. ދެ ބުރިއަށްވާ ގޮތަށް ހަދާފައިވާ މިތަނުގައި 800 މީހުންނަށް ބޭނުންވާނެ ހުރިހާ ވަސީލަތް ތަކެއް ހުރެ އެވެ. އެ ވަސީލަތްތަކުގެ ތެރޭގައި ފާހާނާ ބަރިއަކާއި ފެންވެރޭގެ ތަނެއް އަދި ރެސްޓޯރެންޓެއް ވެސް ހަދާފައިވެ އެވެ.

މި ލޭބަ ކްއާޓަރުގެ މަސައްކަތް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ސީއެސްސީއީސީ ކުންފުނިން ފަށާފައިވަނީ އެޕްރީލް މަހު އެވެ. މި މަސައްކަތް ކުރުމަށްޓަކައި އެ ކުންފުނީގެ 200 މަސައްކަތުގެ މީހުން 24 ގަޑިއިރު މަސައްކަތް ކޮށްފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް މި ވަގުތަށް ބޭނުންވާ މުހިންމު ގިނަ އެހީތަކެއް ޗައިނާއިން ދީފައިވެ އެވެ. މީގެތެރޭގައި ސިއްހީ ހިދުމަތްތެރިން ބޭނުންކުރާ އާލާތްތައް ވެސް ހިމެނެ އެވެ.