ޗެލްސީ

ޖިރޫ ޗެލްސީގެ ކޮންޓްރެކްޓް އާ ކޮށްފި

ޗެލްސީގައި މަޑު ކުރަން އެއްބަސްވެ، ކުލަބުގެ އާ ކޮންޓްރެކްޓްގައި އޮލިވާ ޖިރޫ ސޮއި ކޮށްފި އެވެ.

އަންނަ މަހުގެ ނިޔަލަށް ހަމަވާން އޮތް ކޮންޓްރެކްޓް އޭނާ އާ ކުރީ އަންނަ ސީޒަންގެ ނިޔަލަށެވެ. ކުރިން މީޑީއާ ތަކުން ރިޕޯޓް ކޮށްފައި ވަނީ މި ސިޒަން ނިމުމަށް ފަހު ފްރާންސްގެ ފޯވަޑް ލާޒީއޯއަށް ބަދަލު ވާނެ ކަމަށެވެ.

ކޮރޯނާ ވައިރަސްގެ ބިރުވެރިކަން އިނގިރޭސި ވިލާތަށް ކުރިމަތި ވުމުގެ ކުރިން ކުޅުނު ލަންޑަންގެ ޑާބީގައި ޖިރޫޑް ވަނީ ޓޮޓްނަމް ހޮޓްސްޕާސް އާ ދެކޮޅަށް 4-0 ން ޗެލްސީ މޮޅުވި މެޗުގައި ލަނޑު ވެސް ޖަހާފަ އެވެ.

ޗެލްސީގެ ކޮންޓްރެކްޓް އާ ކުރުމަށް ފަހު، ކުލަބުގެ ވެބްސައިޓަށް ދީފައިވާ އިންޓަވިއުގައި 33 އަހަރުގެ ފޯވަޑް ބުނީ ޗެލްސީގެ ސަޕޯޓަރުންގެ ކުރިމަތީގައި ސްޓެމްފޯޑް ބްރިޖުގައި ކުޅުމުގެ ފުރުސަތު އަނެއްކާ ވެސް ލިބުމުން އުފާ ވާ ކަމަށެވެ.

އޭނާ ޗެލްސީ އަށް ބަދަލުވީ އާސެނަލްގައި ހުރުމަށް ފަހު 2018 ވަނަ އަހަރު އެވެ.

ޗެލްސީގެ ވެޓްރަން ގޯލްކީޕަރު ވިލީ ކަބެޔޭރޯ ވެސް ވަނީ އިތުރު ސީޒަނަކަށް ޗެލްސީގައި މަޑު ކުރަން އެއްބަސް ވެފަ އެވެ. އާޖެންޓީނާގެ އުމުރުން 38 އަހަރުގެ ކީޕަރު ބުނީ އުނދަގޫ ވަގުތެއްގައި ޗެލްސީ އަށް އެހީވާން ފުރުސަތު ލިބުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.