ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތަކަންދޫ

ތަކަންދޫ އާންމު ހާލަތަށް ގެނެސްފި

ކޮވިޑް ބަލީގެ ތިން މީހަކު ފެނުމާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ހއ. ތަކަންދޫ އާންމު ހާލަތަށް ގެނެސްފި އެވެ.

ތަކަންދޫން ކޮވިޑަށް ޕޮޒިޓިވްވީ ދެ އަންހެނުންނާއި އަންހެން ކުއްޖެކެވެ. އެއީ ފަސް އަހަރުގެ އަންހެން ކުއްޖެކެވެ.

މި މީހުންގެ ތެރެއިން ފަސް އަަހަރުގެ އަންހެން ކުއްޖާ އަދި 29 އަހަރުގެ އަންހެން މީހާގެ ފަހުން ހެދި ދެ ނަތީޖާވެސް ވަނީ ނެގެޓިވްވެފައެވެ. އަދި 37 އަހަރުގެ އަންހެން މީހާގެވެސް ފަހުން ނެގި ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. އަދި އޭނާގެ ދެވަނަ ސާމްޕަލެއް ނެގުމަށްފަހު މިހާރު ދަނީ ޓެސްޓް ކުރަމުންނެވެ.

ނަމަވެސް އަދިވެސް އެ ތިން މީހުން ތިބީ ކަރަންޓީން ފެސިލިޓީތަކުގައެވެ. އެގޮތުން އުމުރުން ފަސް އަަހަރުގެ ކުއްޖާއާއި އޭނާގެ މަންމަ އަދި 37 އަހަރުގެ އަންހެން މީހާ ކަރަންޓީން ކޮށްފައިވަނީ ދޮނަކުޅި އައިލެންޑް ހަޑަވޭ ގައެވެ.

ތަކަންދޫ އާންމު ހާލަތަށް ގެނެސްފައިވަނީ އެ މީހުން ރަނގަޅުވުމާއި އަދި ބަލި ޖެހިފައިވާ އިތުރު މީހަކު އެ ރަށުން މިފަހުން ފެނިފައިނުވާތީއެވެ.

މިވަގުތު އެޗްޕީއޭގެ މޮނިޓަރިންގެ އޮތީ މަނަދޫއާއި ތުލުސްދޫއާއި ނަރުދޫގެ އިތުރުން މާލެ ސިޓީއެވެ.