ވިޔަފާރި

މުނިފޫހި ފިލުވަން "ދިރާގު ޕްލޭ" ނެރެފި

May 22, 2020
3

ދިރާގުން "ދިރާގު ޕްލޭ" ގެ ނަމުގައި އާ މުނިފޫހިފިލުވުމުގެ "ސްޓްރީމިން މޮބައިލް އެޕްލިކޭޝަނެއް" ތައާރަފު ކޮށްފި އެވެ.

ދިރާގު ޕްލޭ އެޕްލިކޭޝަނަކީ ތަފާތު ވައްތަރުގެ ގިނަ ކޮންޓެންޓް ހެޔޮ އަގެއްގައި އެއް ތަނަކުން ބަލާލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ތައާރަފުކޮށްފައިވާ ހިދުމަތެވެ.

އެ ކުންފުނިން ބުނީ މި ދުވަސްވަރު ގިނަ ބަޔަކު ގޭގައި ލޮކްޑައުންގެ ހާލަތުގައި އަދި އިޖުތިމާއީ ގައިދުރުކޮށް ތިބެންޖެހިފައިވާ ދުވަސްވަރަކަށް ވުމުން، މުނި ފޫހިފިލުވަން އޮންލައިން ސްޓްރީމިން ހިދުމަތްތަކުގެ ބޭނުން ވަނީ ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށެވެ. ދިރާގުން އަލަށް ތައާރަފުކުރި މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލައިވް ޓީވީ އާއި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް މޮބައިލް ޑިވައިސް ތަކުން ކޮންމެ ވަގުތަކު ވެސް ބަލާލެވޭނެ ކަމަށެވެ.

ދިރާގު ޕްލޭ" ގައި ހިމެނޭ ކޮންޓެންޓް

  • މަލްޓިޕްލް ސްކްރީންސް: އެންމެ ސަބްސްކްރިޕްޝަނަކުން އެއްފަހަރާ އެކި ޑިވައިސްތަކުން ބޭނުން ކުރެވޭ
  • ރިކޯޑިން: މި ފީޗާ އިން ޕްރޮގުރާމްތައް ރިކޯޑްކޮށް، ކުރީބައިގައި ރިކޯޑް ކުރުމަށް ޝެޑިއުލް ވެސް ކުރެވެ
  • ކެޗްއަޕް: ހަދާން ނެތިގެން ބޭނުންވާ ޕްރޮގުރާމެއް ބަލާނުލެވިއްޖެ ނަމަ އަލުން އެ ޕްރޮގުރާމެއް ބަލާލެވޭނެ
  • ރީސްޓާޓް: ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާ އިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެ

ދިރާގު ޕްލޭ ހުޅުވާލާފައިވަނީ ދިރާގު މޮބައިލް ކަސްޓަމަރުންނަށް އެކަންޏެވެ. ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ މި އެޕްގައި އިންޓްރޮޑަކްޓަރީ އޮފާ އެއްގެ ގޮތުން "ޕްލޭ" ޕެކޭޖް ހިލޭ އެއް މަސް ދުވަހަށް ލިބެ އެވެ. މި ޕްކޭޖް ހިލޭ އެކްޓިވޭޓް ކުރެވޭނީ އަންނަ މަހުގެ 15 ގެ ނިޔަލަށެވެ. އޭގެ ފަހުން މަހަކު 30 ރުފިޔާ އަށް ބޭނުންކުރެވޭނެ އެވެ. މި ޕެކޭޖްގައި މިހާރު ވެސް 23 ޗެނަލް ބަލައިލެވޭނެވެ. ޕެކޭޖްގެ ވެލިޑިޓީއަކީ އެއް މަސް ދުވަހެވެ.