ޗެލްސީ

ސީޒަންގެ ބާކީބައިގައި ނުކުޅެން ކަންޓޭ ނިންމަނީ

ކޮރޯނާ ވައިރަސް ޖެހިދާނެ ކަމުގެ ބިރު ބޮޑުވުމުން ސީޒަންގެ ބާކީބައިގައި ޓީމާ ދުރުގައި ހުރުމުގެ ހުއްދަ މިޑްފީލްޑަރު އެންގޯލާ ކަންޓޭއަށް ޗެލްސީން ދީފި އެވެ.

ފްރާންސާއެކު އެންމެ ފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ކަންޓޭ އެކަމުގެ ކަންބޮޑުވުން ފާޅު ކުރީ އިނގިރޭސި ވިލާތުގެ ގައުމީ ސްޓެޓިސްޓިކް އޮފީހުން އާންމު ކުރި ތަފާތު ހިސާބާ ގުޅިގެންނެވެ. އެ އޮފީހުން ބުނެފައި ވަނީ ކަޅު ނަސްލުގެ މީހުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މިދިޔަ އަންގަރާ ދުވަހު ކަންޓޭ ވަނީ ޗެލްސީގެ ޓްރެއިނިން ސެންޓަރު ކޯބްހޯމް އަށް ގޮސް އޭނާ ހާޒިރުވި ކަމަށް ރިޕޯޓް ކޮށްފަ އެވެ. އެހެން ނަމަވެސް ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިއެއް ނުވެ އެވެ.

ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ވަނީ ގޭގައި ހުރެގެން އަމިއްލައަށް ޓްރޭނިން ކުރިއަށް ގެންދިއުމުގެ ހުއްދަ ކަންޓޭއަށް ދީފަ އެވެ. އަދި ލަމްޕާޑް އާއި ޗެލްސީގެ ބޯޑުން ވެސް އޭނާއަށް އެކަމަށް އެއްބާރުލުން ދެމުންގެންދެ އެވެ.

ވޯލްޑް ކަޕް ފެށެން ކުޑަދުވަސް ކޮޅަކަށް ވެފައި ވަނިކޮށް ކަންޓޭގެ ބޭބެ ވަނީ ހާޓް އެޓޭކެއް ޖެހިގެން މަރުވެފަ އެވެ. އޭނާވެސް ޓީމުގެ ފަރިތަކުރުން ތަކުގައި ހުއްޓައި އަނބުރައިގަނެގެން ވެއްޓުނެނެވެ.