ވިޔަފާރި

ދިރާގު އޭޖީއެމް އަންނަ މަހު، އޮންނާނީ އޮންލައިކޮށް

May 26, 2020

ދިރާގުގެ އަހަރީ އާއްމު ޖަލްސާ އޮންލައިންކޮށް އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ 31 ވަނަ އަހަރީ އާންމު ޖަލްސާ އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:15 ގައި ކަމަށެވެ. މި އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ވޯޓު ދިނުން ކުރިއަށް ދާނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުގެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިން ޖެނެރަލް މީޓިން މެނޭޖްމެންޓް ސިސްޓަމްގެ ތެރެއިންނެވެ.

މި އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުރިން ރަޖިސްޓްރީ ކުރަން ޖެހެ އެވެ.

ޖަލްސާގައި ހިމެނޭ ބައިތައް

  • އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް މެންބަރަކު ހޮވުން
  • ހިއްސާގެ ފައިދާގެ ގޮތު ބަހަން ކަނޑައަޅާފައިވާ އަދަދު ފާސް ކުރުން
  • ކޭޕީއެމްޖީ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކަނޑައެޅުން
  • އިންޓަރިމް ޑިވިޑެންޑް ބެހުމުގައި އަމަލު ކުރާނެ އުސޫލް ފާސްކުރުން

ދިރާގުން ވަނީ އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ޖެހޭ 12ރ. ގެ މަގުން، 912 މިލިއަން ރުފިޔާ ބަހަން އޭޖީއެމްއަށް ހުށަހަޅަން ނިންމާފަ އެވެ.