ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

56 މީހަކު ޕޮޒިޓިވްވެ އަދަދު 1500 އިން މައްޗަށް

ކޮވިޑް-19 އަށް އިތުރު ބަޔަކު ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 1500 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިއަދު 56 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 35 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ތިން މީހުންނެވެ.

މި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 1513 އަށް އަރާފައެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 242 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައެވެ.

މި ބަލީގައި އެންމެ ފަހުން މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މަރުވި ފަހުންނެވެ. އެމީހާ ފެނިފައިވަނީ މަރުވެގެން މަގުމައްޗަށް ވެއްޓިފައި އޮއްވައެވެ. އޭނާއަކީ ހާޓް ޕޭޝަންޓެއް ކަމަށާ މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ.