ވިޔަފާރި

ރާއްޖޭގެ ރިސޯޓުތަކަކަށް ފޯބްސްގެ ފައިވް ސްޓާ އެވޯޑް

May 30, 2020

ފޯބްސް ޓްރެވަލް ގައިޑް ފައިވް ސްޓާ އެވޯޑު ރާއްޖޭގެ ރިސޯޓު ތަކަކަށް ލިބިއްޖެ އެވެ.

ފޯބްސް ޓްރެވަލް ގައިޑްސް އިން ދޭ މި ހާއްސަ އެވޯޑު ލިބިފައިވާ ރާއްޖޭގެ ރިސޯޓުތަކުގެ ތެރޭގައި ވެލާ ޕްރައިވެޓް އައިލެންޑާއި ފޯސީޒަން ކުޑަ ހުރާ އަދި ޝެވަލް ބްލޮންކް ރަންދެލި ރިސޯޓު އަދި ވޮއްމުލި ރިސޯޓު ހިމެނެ އެވެ.

ފޯބްސްގެ ހާއްސަ ޕެނަލްއަކާއި ހިދުމަތް ހޯދާ މީހުންގެ ހިޔާލުގެ މައްޗަށް ބަލައި އެވޯޑު ދެނީ، އެތަނުން ދޭ ހިދުމަތްތަކުގެ މައްޗަށް ބަލާފަ އެވެ.

މި ފަހަރު ފޯބްސް ޓްރެވަލް ގައިޑުން ޖުމުލަ 107 ފަރާތަކަށް އެވޯޑު ދީފައިވެ އެވެ. މީގެ ތެރޭގައި 16 ގައުމެއްގެ ޓޫރިޒަމް ޕްރޮޕަޓީތައް ހިމެނެ އެވެ.

ރާއްޖެއަކީ ދުނިޔޭގެ ޓޫރިޒަމްގައި ދޭ މުހިންމު ގިނަ އެވޯޑު ތަކެއް އަބަދު ވެސް ލިބޭ ގައުމެވެ. މީގެތެރެއިން އެންމެ ގިނައިން ލިބޭ އެއް އެވޯޑަކީ ވޯލްޑް ޓްރެވަލް އެވޯޑެވެ.