ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު ފަސް މީހަކު ރަނގަޅުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ރަނގަޅު ވެއްޖެ އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ބަޔަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ބަލިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 406 އަށް އަރާފައެވެ. އެއީ ބަލިޖެހުނު މީހުންގެ ތެރެއިން 24.28 އިންސައްތައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1672 އަށް އަރާފައެވެ. އަދި މިވަގުތު 1264 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް ކޮވިޑަށް ޓެސްޓް ކުރުމަށް 23،860 ސާމްޕަލް ވަނީ ނަގާފައެވެ. އަދި 1291 މީހުން އައިސޮލޭޝަންގައި ތިބިއިރު 1478 މީހަކު ކަރަންޓީންގައި އެބަތިއްބެވެ.

ކޮވިޑްގައި މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފައެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.