ވިޔަފާރި

ބަގީޗާގެ ފޮޓޯ އަކުން ވެލިގާގެ އިނާމެއް!

ލޮކްޑައުންގައި ގޭގައި ތިބެގެން ގިނަ ބަޔަކު ފޫހި ފިލުވަން ގަސް ހައްދައިފި އެވެ. ގޭގެ ސިޓިން ރޫމްތަކާއި ކޮޓަރީގެ ބެލްކަނިތަކާއި ގޭގެ ޓެރަހުގައި ވެސް ގަސް އިންދައިފި އެވެ. ބައެއް މީހުން ބަގީޗާތައް ވެސް ހަދައިފި އެވެ. އެހެންވެ، ވެލިގާ ހާޑްވެއާ އިން މި ވަނީ ބަގީޗާގެ ފޮޓޯތައް ފޭސްބުކްގައި ޝެއާކޮށްގެން އިނާމެއް ހޯދަން ފުރުސަތެއް ދީފަ އެވެ.

ވެލިގާ ހާޑްވެއާ އާއި އެ ކުންފުނީގެ ބްލަންކް ފިހާރަ އިން ކުރިއަށް ގެންދާ މަގޭ ބަގީޗާ ފޮޓޯ ކޮންޓެސްޓްގައި ހަމައެކަނި ކޮށްލަން ޖެހޭ ކަމަކީ އެ މީހަކު ހެއްދި ބަގީޗާ ގަހުގެ ފޮޓޯތައް މޮޅު ގޮތްގޮތަށް ނެގުމަށް ފަހު، ހޭޝްޓެގް މަގޭ ބަގީޗާ ޖެހުމަށްފަހު "ބްލަންކް" ފިހާރަ އާއި "ވެލި ގާހާޑްވެއާ" ފޭސްބުކް ޓެގް ކޮށްލުމެވެ. ދެން އެމީހަކު ލާ ފޮޓޯތަކަށް ވީހާ ވެސް ގިނަ ލައިކެއް ހޯދީމާ މި އިނާމު ލިބޭނެ ފުރުސަތު ފަހިވީ އެވެ.

މި މުބާރާތުގައި ބައިވެރިވުމުން އިނާމަކަށް ވެލިގާގައި ހުންނަ ގަސް އިންދަން ބޭނުންވާ ސާމާނު ލިބޭނެ އެވެ. ވެލިގާ ހާޑްވެއާއަކީ ގަސް އިންދަން ބޭނުންވާ ގިނަ ސާމާނާއި އާލާތް ވިއްކާ ކުންފުންޏެވެ. މި މުބާރާތް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރި އަށް ދާނެ އެވެ.

މުބާރާތުން އެއްވަނަ އަށް އަންނަ ފަރާތަކަށް ކަޕީ- ޔޫރަޕް ބްރޭންޑުގެ ގާޑެނިން ޕްލާންޓް އެކި ސައިޒުގެ ފަސް ޕޮޓާއި ޔަޓޯ ބްރޭންޑުގެ ޓޫލްސް ސެޓަކާއި އަމިގް ބްރޭންޑުގެ ގަސް ބަހައްޓާ ހަރެއްގެ އިތުރުން 2000 ރުފިޔާ ޕްލާންޓް ވައުޗާއެއް ދޭނެ އެވެ. މި ގަސްތައް ލިބޭނީ ވައުޗަރު ހިފައިގެން ޕިކްސީއަށް ދިއުމުންނެވެ.

ދެވަނަ އިނާމަކަށް ކަޕީ- ޔޫރަޕް ގާޑަނިން ޕްލާންޓްގެ އެކި ސައިޒުގެ ތިން ޕޮޓާއި ޔަޓޯ ބްރޭންޑުގެ ޓޫލްސް ސެޓަކާއި އަމިގް ބްރޭންޑުގެ ގަސް ބަހައްޓާ ހަރެއްގެ އިތުރުން 1500 ރުފިޔާ ޕްލާންޓް ވައުޗަރެއް ލިބޭނެ އެވެ.

އިތުރު އިނާމަކަށް ވެސް ޔޫރަޕިއަން ގާޑަނިން ޕްލާންޓާސް ބްރޭންޑްގެ އެއް ޕޮޓާއި ޔަޓޯ ބްރޭންޑުގެ ޓޫލްސް ސެޓަކާއި އަމިގް ބްރޭންޑުގެ ގަސް ބަހައްޓާ ހަރެއްގެ އިތުރުން 500 ރުފިޔާ ޕްލާންޓް ވައުޗާއެއް ދެ އެވެ.