ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19: މިއަދު ޕޮޒިޓިވްވީ ނުވަ މީހުން

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ނުވަ މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 19 މީހުން ކަމަށެވެ. އިއްޔެ ޕޮޒިޓިވްވީ 12 މީހުންނެވެ. މިއީ މިދިޔަ ދިހަ ދުވަސްތެރޭ އެންމެ މަދުން މީހުން ޕޮޒިޓިވްވީ ދުވަހެވެ.

ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިންފަހުން އެއް ދުވަހެއްގައި 101 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ބައެއް ދުވަސް ދުވަހު 80ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް 1850 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިވަގުތު ފަރުވާ ހޯދަމުންދަނީ 1197 މީހުންނެވެ. މިވަގުތު 1248 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ. އަދި 1484 މީހުން ކަރަންޓީން ފެސިލިޓީތަކުގައި ތިބި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑްގައި އިއްޔެ މީހަކު ވަނީ މަރުވެފަ އެވެ. ކޮވިޑް-19 ޖެހިގެން އިއްޔެ ހެނދުނު 6:20 ގައި މަރުވީ ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި 89 އަހަރުގެ ދިވެހި އަންހެނެކެވެ. މަރުވެފައި ވަނީ ހދ. ވައިކަރަދޫ ކަށިމާގޭ ރުގިއްޔާ އަލީ އެވެ. މިއީ ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވި ހަތް ވަނަ މީހާ އެވެ.

ކޮވިޑް-19 ޖެހިގެން ހޯމަ ދުވަހުގެ ރޭ ވެސް ބަންގްލަދޭޝް މީހެއް މަރުވި އެވެ. އެއީ ޓްރީޓޮޕްގައި ފަރުވާ ދެމުން ދިޔަ އުމުރުން 54 އަހަރުގެ މީހެކެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް މަރުވެފައި ވަނީ އުމުރުން ދުވަސްވީ މީހުންނެވެ.