ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

36 މީހަކު ރަނގަޅުވެ އަދަދު 644 އަށް

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 36 މީހަކު ރަނގަޅު ވެއްޖެ އެވެ.

ރާއްޖޭއިން ކޮވިޑްގެ ބަލި މީހަކު ފެނުނުތާ 88 ދުވަސްވެފައިވާއިރު މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1850 އަށް އަރާފައެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު ބަޔަކު މިއަދުވެސް ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން މިއަދު ރަނގަޅުވީ 36 މީހުންނެވެ. އެހެން ކަމުން ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 644 އަށް އަރާފައެވެ.

ކޮވިޑަށް މިއަދު ޕޮޒިޓިވްވީ ނުވަ މީހުންނެވެ. މިއީ މިފަހުން އެންމެ މަދު ބަޔަކު ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިވަގުތު ފަރުވާ ހޯދަމުންދަނީ 1197 މީހުންނެވެ. މިވަގުތު 1248 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ. އަދި 1484 މީހުން ކަރަންޓީން ފެސިލިޓީތަކުގައި ތިބި ކަމަށް އެޗްޕީއޭއިން ބުންޏެވެ. މިހާތަނަށް 27،329 ސާމްޕަލް ވަނީ ނަގާފައެވެ.

ކޮވިޑްގައި ރާއްޖެއިން މަރުވީ ހަތް މީހުންނެވެ. އެއީ ހަތަރު ދިވެހިންނާއި ތިން ބިދޭސީންނެވެ.