ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހަތަރު މީހަކު ރަނގަޅުވެ އަދަދު 648 އަށް

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ހަތަރު މީހަކު ރަނގަޅު ވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ރަނގަޅުވީ ހަތަރު މީހުން ކަމަށެވެ. އެއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 648 މީހުން ވަނީ ރަނގަޅުވެފައެވެ.

މިފަހުން ކޮންމެ ދުވަހަކުވެސް ކޮވިޑުން ގިނަ ބަޔަކު ދަނީ ރަނގަޅުވަމުންނެވެ. އިއްޔެވެސް 36 މީހުން ރަނގަޅުވިއެވެ. އޭގެ ކުރީ ދުވަހު 120 މީހުން ވަނީ ރަނގަޅުވެފައެވެ.

ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 22 މީހުންނެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 1872 މީހުންނެވެ.

ކޮވިޑްގައި މިހާތަނަށް ރާއްޖެއިން ހަތް މީހުން މަރުވެފައިވެއެވެ. އެއީ ހަތަރު ދިވެހިންނާއި ތިން ބިދޭސީންނެވެ.