ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް19: މިއަދުގެ އަދަދަކީ 11

Jun 5, 2020

މި އަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 11 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 11 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހެއް ކަމަށެވެ. މި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1883 އަށް އަރާފަ އެވެ.

މިފަހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ. މިދިޔަ ހަތަރު ދުވަހަކީ ކޮވިޑްގެ ބަލި މީހުން ރާއްޖެއިން އެންމެ މަދުން ފެނުނު ތިން ދުވަހެވެ.

ކޮވިޑްގެ ބަލި މީހުން ފެނުނު އަދަދުތައް

  • ހުކުރު ދުވަހު ޕޮޒިޓިވްވީ 11 މީހުން
  • ބުރާސްފަތި ދުވަހު ޕޮޒިޓިވްވީ 22 މީހުން
  • ބުދަ ދުވަހު ޕޮޒިޓިވްވީ ނުވަ މީހުން
  • އަންގާރަ ދުވަހު ޕޮޒިޓިވްވީ 12 މީހުން
  • ހޯމަ ދުވަހު ޕޮޒިޓިވްވީ 56 މީހުން

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިވަގުތު ފަރުވާ ހޯދަމުންދަނީ 1157 މީހުންނެވެ. ކަރަންޓީން ފެސިލިޓީތަކުގައި 1482 މީހުން ތިބިއިރު 1228 މީހުން އައިސޮލޭޝަންގައި އެބަ ތިއްބެވެ.

މިހާތަނަށް 28،440 ސާމްޕަލް ވަނީ ނަގާފަ އެވެ.

ކޮވިޑްގައި މިހާތަނަށް ރާއްޖެއިން ހަތް މީހުން މަރުވެފައިވެއެވެ. އެއީ ހަތަރު ދިވެހިންނާއި ތިން ބިދޭސީންނެވެ.