ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު 717 އަށް

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 69 މީހަކު ރަނގަޅު ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު 69 އަށް އަރާފައިވާ ކަމަށެވެ. އެ މީހުންނާއެކު ރާއްޖެއިން މިހާތަނަށް ބަލިން ޝިފާ ލިބުނު މީހުންގެ ޖުމްލަ އަދަދު ވަނީ 717 އަށް އަރާފައެވެ.

ކޮވިޑުން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަނީ ރަނގަޅުވަމުންނެވެ. އިއްޔެ މި ބަލިން ރަނގަޅުވީ ހަތަރު މީހުންނެވެ. ނަމަވެސް ބުދަ ދުވަހު 36 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި އަންގާރަ ދުވަހު 120 މީހުން ރަނގަޅުވެފައިވެއެވެ. އަދި ހޯމަ ދުވަހު 35 މީހުން ރަނގަޅުވެފައިވެއެވެ.

ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 11 މީހުންނެވެ. އެ މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1883 އަށް އަރާފަ އެވެ. މިވަގުތު ފަރުވާ ހޯދަމުންދަނީ 1157 މީހުންނެވެ.