އެމްއެންޑީއެފް

ސިފައިންގެ ވެހިކަލްތައް ފުލުހުން ހުއްޓުވާ މައްސަލައެއް!

ސިފައިންގެ ދެ މީހަކު ޑެލިވަރީގެ މަސައްކަތުގައި: ސިފައިންގެ ވެހިކަލްތައް ފުލުހުން ހުއްޓުވާ މައްސަލަތަކެއް މެންބަރަކު ވަނީ ފެންމަތި ކުރައްވާފައި --
0%
100%
0%

ސިފައިން ދުއްވާ ވެހިކަލްތައް މަގުމަތިން ހުއްޓުވާ މައްސަލަތަކެއް ފާހަގަކުރެވި އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެ އެވެ.

ފަލާހް މިކަންބޮޑުވުން ފާޅުކުރައްވާފައިވަނީ މިރޭ އޮތް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަދައްކަވަމުންނެވެ. މިރޭގެ ކޮމެޓީގެ ބައްދަލްވުމަކީ ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި ސުވާލަކާއި ގުޅިގެން ބޭއްވި ބޭއްވި ބައްދަލްވުމެކެވެ.

މި ބައްދަލްވުމުގެ ރިޔާސަތު ބެލެހެއްޓެވީވެސް ފަލާހެވެ. ފަލާހް ވަނީ ސިފައިން ދުއްވާ ވެހިކަލްތައް ފުލުހުން ހުއްޓުވާ މައްސަލައެއް ފެންމަތި ކުރައްވާފައެވެ. އޭނާ ވިދާޅުވީ މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުން ސިފައިން ދުއްވާ ވެހިކަލްތައް ހުއްޓުވާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ ސީދާ ސިފައިން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެއް ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅެއް ނުވެއެވެ.

ފަލާހް ވަނީ އެ މައްސަލައާއި ގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީއަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ސާފުކޮށްދިނުމަށް އެދިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ފުލުހުންނާއި ސިފައިންނަކީ ރައްޔިތުންގެ ހިދުމަތުގައި މަގުމަތީ ހަރަކާތްތެެރިވަމުންދާ ދެ މުއައްސަސާ ކަމަށެވެ. އެފަދަ ކަމެއް ދިމާވާނަމަ ދެ މުއައްސަސާއިން ހައްލުތަކެއް ހޯއްދަވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ. އަދި އެފަދަ މައްސަލައެއްގައި ޓްރާސްޕޯޓް މިނިސްޓްރީގެ ދައުރެއް ނެތް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ނަމަވެސް ފަލާހް އަލުން އެ ސުވާލު ތަކުރާރު ކުރެއްވުމުން އެފަދަ މައްސަލައެއް ރަސްމީކޮށް ހުށައެޅިއްޖެނަމަ އެކަމުގައި އަމަލުކުރެވޭނެ ގޮތަކީ ކޮބައިތޯ ބައްލަވާ، އެކަމާއި ގުޅިގެން މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ކަމެއް އޮތްނަމަ އެކަމެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ސިފައިންނާއި ފުލުހުންވެސް ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ ފުލުުހުންނެވެ. ފެސިލިޓީތަކާއި އޮޕަރޭޝަންގެ ވަރަށް ގިނަ ކަންކަން ކުރަމުންދަނީ ސިފައިންގެ ބެލުމުގެ ދަށުންނެވެ.

މިކަމާއި ގުޅޭގޮތުން ސިފައިންގެ މީޑިއާ އޮފިޝަލްގެ ރަސްމީ ކޮމެންޓެއް ނުލިބުނެވެ. ނަމަވެސް އަވަސްއާ ވާހަކަ ދެއްކެވި ސިފައިންގެ އިސް ބޭފުޅަކު ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ. އަދި ސިފައިންގެ ވެހިކަލެއް ފުލުހުންނަށް ހިފެހެއްޓޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެފަދަ ކަމެއް ހިނގިކަމެއް އެނގިފައެއް ނެތް. އަދި ހަގީގަތުގައި މިއީ ކުރެވޭނެވެސް ކަމެއް ނޫން. ސިފައިންގެ ވެހިކަލެއް ނުވަތަ ސިފައިންގެ މީހަކު ކޮވިޑާ ގުޅިގެން ކުރާ ކަމެއް ހުއްޓުވުން. އަނެއްކާ ސިފައިންގެ އެއްވެސް މީހަކު ބޭރަށް ނިކުންނާނީވެސް ހުއްދަ ލިބިގެން، ފާސް އޮވެގެން." އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް އެފަދަ ވާހަކަތަކެއް މެންބަރަކު ފެންމަތި ކުރެއްވުމުން އެކަން ބައްލަވާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކޯޅުން

ސިފައިންނާއި ފުލުހުންގެ ކޯޅުން...

ދޯދި

ސިފައިންނާއި ފުލުހުން ޖައްސުވަން ނޫޅޭ! މިހާރު ތިޔަ އުޅެނީ ސަރުކާރު ބަލިކަށި ކޮށް ބޮޑު ވަޒީރަކަށްވާން!

ސުވާލު

ދައުލަތްތެރޭގައިއޮތީ އެއްކަމެއް. އެއްބައެއްގެމައްޗަށް އަނެއްބައެއްގެބާރު ގަދަކޮށް ފޯރުކުރުން. މިހާތަނަށް އެކަމުންސަލާމަތްވިތަން ފެންނަނީ ޝަރުޢީދާއިރާ. މަޖިލީހުން ލަފައެއްހޯދާށޭކިޔައި، ފޮނުވިމައްސަލައަކަށް ކުރީގެސަރުކާރުތަކުން ހުށަހަޅާފައިވާ އެކިކަންތަކަށް ޝަރުޢީދާއިރާއިން ކަންކޮށްފައިވާގޮތްގޮތާއި ޚިލާފަށް މިފަހަރުހުށަހެޅި މައްސަލައަށް ވަރަށް ރީތިކޮށް ޙައްލުހޯދައިދީފި. "ކޮވިޑް" ކިޔާއެއްޗެއް މަތިކޮށް ސަރުކާރުމިއޮތީ ރައްޔިތުންގެމައްޗަށް ވެރިވެގަނެފަ. މަޖިލީހު ތަޅުމުގައިހިނގިމައްސަލައަކާއިގުޅޭގޮތުން ފުލުހުންނަށް މައްސަލައެއް ހުށަހެޅުމުން ސަރުކާރަށް ފާޑުކިޔައި، މަޖިލީސް ސަރުކާރަށް ގޮތްބުނެދޭތަން އެބަފެނޭ. މިފެންނަނީ އަނެއްްކާއަނެއް މައްސަލަ. އުފެދޭސުވާލަކީ ވާންމިއުޅެނީ ކިހިނެތްބާވައޭއެވެ؟

ވާނެތާ

އެމް.ޑީ.ޕީ ވިއަސް ބޮޑުވަރު މިބައިމީހުންނަކީ ހަމައެއް ލަމައެއް ނެތް. ހުރިހާ ބާރެއް ލިބިގެންވެސް ތެދުވެރިކަމާއެކު ޤައުމަށް ޚިދުމަތް ކުރަން ނޭގުނު ބަޔަކަށް ކުރެވޭނެ ރަގަޅުކަމެއް ނޯންނާނެ. އަންނީގެ ނުލަފާކަން ދައްކަ ދައްކާތިބޭ

ކަނަމަނަ

ހާދަނުފޮރޮއްޕާނެކެ މިމަޖިލިސްމެމްބަރުން ސަރުކާރުކޯލިޝަންގައިހިމެނޭ ވަޒީރުންނައް މިކުރަނީ އެވަރުން ނުވެގެން ސިފައިންނާއި ޕޮލިހުންވެސް އެބަޖައްއްސާ މީބޮޑުވަރު

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910