ރައްޔިތުންގެ މަޖިލިސް

ސިފައިންގެ ފްލެޓްތަކުގެ އޮޑިޓެއް ހަދަން އަންގައިފި

އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ -- ފޮޓޯ: އަވަސް
0%
0%
0%

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސިފައިންނަށް ފްލެޓް އަޅައިދިނުމަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ހިންގި މަޝްރޫއުގެ އޮޑިޓެއް ހަދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ފަރާތުން އޮޑިޓާ ޖެނަރަލަށް އަންގަވައިފި އެވެ.

ސިފްކޯ އިން ސިފައިންނަށް އަޅައިދީފައިވަނީ 300 ފްލެޓެވެ.

މަޖިލީހުން އިއްޔެގެ ވަގުތެއްގައި ފޮނުވި ސިޓީއެއްގައި ވަނީ އޮޑިޓްގެ ތެރެއިން ބަލައިދޭންވީ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން ސިފައިންނަށް ފްލެޓް އަޅައިދިނުމަށް ސިފްކޯއަށް އެކި ފަރާތްތަކުން ދީފައިވާ ފައިސާގެ އަދަދާއި، ސަރުކާރުން ދީފައިވާ ފައިސާއާއި، މިމަޝްރޫއުގެ ކޮންޓްރެކްޓަރުންނާއި ސަބް ކޮންޓްރެކްޓަރުންނާއި އެ މީހުންނަށް ދޫކޮށްފައިވާ ފައިސާގެ ތަފްސީލްތައް ހިމަނައިދިނުމަށް އެދިފައިވެ އެވެ.

އޮޑިޓާ ޖެނަރަލްގެ އޮފީހުން އެ މަސައްކަތް ނިންމާނެ ތާރީހެއް ކުރިއަށް އޮތް އާދިއްތަ ދުވަހުގެ 12:00ގެ ކުރިން މަޖިލީހަށް އަންގައިދިނުމަށްވެސް ސިޓީގައި އެދިފައިވެ އެވެ.

ސިފައިންގެ ފްލެޓްތަކުގެ އޮޑިޓެއް ހެދުމަށް ތައްޔާރުވަމުންދާއިރު ހުޅުމާލޭގައި ފުލުހުންނަށް ފްލެޓް ހަދައިދިންއިރު ބޮޑެތި މައްސަލަތަކެއް ހުރި ކަން އެ މަޝްރޫއު އޮޑިޓް ކުރުމަށްފަހު އޮޑިޓާ ޖެނަރަލް ނެރުއްވި ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ މައްސަލައާއި ގުޅޭ ޖިނާއީ ތަހުގީގެއް އޭސީސީ އިން މިހާރު ވަނީ ފަށާފަ އެވެ.

ފުލުހުންގެ ފްލެޓް މަޝްރޫއާ ގުޅޭގޮތުން އޮޑިޓާ ޖެނަރަލް ނެރުނު އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފުލުހުންގެ ފްލެޓްތައް އިމާރާތް ކުރުމަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއީ 355 މިލިއަން ރުފިޔާގެ ގެއްލުން މިހާރުވެސް ލިބިފައިވާ މަޝްރޫއެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910